Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މުވާސަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ގައުމަށް ވަންނަ އާމްދަނީ އިތުރުކުރުމަށް: ރައީސް

މުވާސަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ގައުމަށް ވަންނަ އާމްދަނީ އިތުރުކުރުމަށް: ރައީސް

އަހްމަދު އީޒާން
389 ދުވަސް ކުރިން - 17 މެއި 2025 14:53
ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މުވާސަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކޮށް، ގައުމަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ކަމަށް.

މުވާސަލާތީ ގޮތުން ދުނިޔެ ދެކެމުން އަންނަ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ގައުމަށް ވަންނަ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުވާސަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކުރުމަށް ކަމަށެވެ.

ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް އެ ކުރިއެރުންތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

"މުވާސަލާތާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ހިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

"ގައުމުގެ ތަރައްގީ އާއި މުސްތަގުބަލަށް މުހިންމު މި ހިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން."

ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހެވެ. މި އަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ "ޖެންޑާ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން" އެވެ.

ރާއްޖެއަކީ ޑިޖިޓަލައިޒޭޝަންގައި ކުރިއަރާފައިވާ ގައުމަކަށް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެ ލަނޑުދަނޑި ހާސިލްކުރުމަށް މޯލްޑިވްސް 2.0 ގެ ނަމުގައި ހާއްސަ އިނީޝިއޭޓިވްއެއް ވެސް މި މަހު އިފްތިތާހުކޮށްފައިވެ އެވެ.

ޓެކްނޮލޮޖީރައީސް ޑރ. މުޙައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގިނަ އަދަދެއްގެ ބައިވެރިންނާއެކު "ދިވެހީންގެރާއްޖެ ތަރާވީސް" ފަށައިފި

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

104 ދުވަސް ކުރިން - 22:11

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް ވަޑައިގަތުމުން ބޮޑު ތަރުހީބެއް

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

105 ދުވަސް ކުރިން - 17:03

ޗާގޮސް އަކީ ދިވެހިންގެ ރަށެއް. ހުރިހާ ގޮތަކުން ވެސް އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް މުއިއްޒު

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

140 ދުވަސް ކުރިން - 11:05

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ އެއްވެސް ބިމެއް ވިއްކަވައިފައެއް ނުވޭ: އަރީޝް

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

150 ދުވަސް ކުރިން - 19:34

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން ދިވެހި ފަސްގަނޑުގައި އަދިވެސް ދިރި އެބައޮތް: ރައީސް

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

199 ދުވަސް ކުރިން - 10:39

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

207 ދުވަސް ކުރިން - 12:22