މި ސަރުކާރުން ޖުޑީޝަރީގެ ކަންކަމަކާ ނުބެހޭނެ: ޑރ. ހަލީލް

އަހްމަދު އީޒާން | 14 ގަޑިއިރު ކުރިން - 17 މޭ 2025 14:13
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ހަލީލް ވިދާޅުވީ ޖޭއެސްސީގެ ތަހުގީގާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ވަކިކުރި މައްސަލާގައި ސަރުކާރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޖުޑީޝަރީގެ ކަންކަމާ ނުބެހޭނެ ކަމަށާއި އަދުލުއިންސާފުން އެއްކިބާވެގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ވެސް ސަރުކާރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގާނޫނު ނެގެހެއްޓުމަށާއި ޖުޑީޝަރީގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް އެގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރި މައްސަލައަށް ރައީސް ޑރ. މުއިއްޒު ނުފޫޒު ފޯރުވައި، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް މައްސަލަ ނިންމުމަށް ކޮމިޝަންގެ މެންބަރުން ބަދަލުކުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތުތައް ކޮށްފައި ވާތީ، އެ ވާހަކަތައް ދޮގުކުރެއްވުމަށެވެ.

އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ރާއްޖެ ތަމްސީލުކުރައްވައި، ވާހަކަދެއްކެވުމުގައި ހަގީގަތާ ހިލާފު ވާހަކަ ނުދެއްކެވުމަށާއި ތެދުބަހުން ވާހަކަދެއްކެވުމަށް ހަލީލް ވަނީ އިލްތިމާސް ވެސް ކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%