ހައްޖުވެރިން ފުރާނީ މި މަހު 26، 27، 29 އަދި 30 ގައި!

އަހްމަދު އީޒާން | 10 ގަޑިއިރު ކުރިން - 17 މޭ 2025 14:08
މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހަކު ފުރަން ވެލާނާ އެއާޕޯޓުގައި / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހަކު ފުރަން ވެލާނާ އެއާޕޯޓުގައި / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

27 އަދި 29 ގައި ހައްޖުވެރިން ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގައި، މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ގައުމީ އެއާލައިނުގައި ހައްޖަށްދާ އަހަރެއް.

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރާ ތާރީހުތައް އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިން ހަތަރު ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އިންތިޒާމުތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަ ހުއެވެ. އެ ފްލައިޓުގައި 235 ހައްޖުވެރިން ސައުދީއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ދެވަނަ ފްލައިޓް މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފްލައިޓުގައި 257 ހައްޖުވެރިން ދަތުރުކުރާނެ ކަމަށެވެ. އަދި ތިންވަނަ ފްލައިޓް މި މަހުގެ 29 ވަނަ ދުވަހު ފުރާއިރު، އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ 27 އަދި 29 ގައި ހައްޖުވެރިން ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގައި ކަމަށާއި މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ގައުމީ އެއާލައިނުގައި ހައްޖަށް ދާ އަހަރެއް ކަމަށެވެ.

ހައްޖުވެރިންގެ ފަހު ފްލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ފްލައިޓުގައި 250 ހައްޖުވެރިން ސައުދީއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައްޖަށް ދާއިރު ގިނަ ލުއިތަކެއް ލިބޭ "މައްކާ ރޫޓު އިނީޝިއޭޓިވް"ގައި މިފަހަރު ރާއްޖެ ވަނީ ބައިވެރިކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%