Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެމްޕީއާރުސީން އިޓަލީއާއި ފްރާންސުގައި "ވިޒިޓް މޯލްޑިވްސް ވީކް" ފަށައިފި

އެމްއެމްޕީއާރުސީން އިޓަލީއާއި ފްރާންސުގައި "ވިޒިޓް މޯލްޑިވްސް ވީކް" ފަށައިފި

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 16 މެއި 2025 13:41
“ވިޒިޓް މޯލްޑިވްސް ވީކް“ / ފޮޓޯ: އެމްއެމްޕީއާރްސީ.
“ވިޒިޓް މޯލްޑިވްސް ވީކް“ / ފޮޓޯ: އެމްއެމްޕީއާރްސީ.
ޚުލާސާ

މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި މުއްސަނދި ސަޤާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ޔޫރަޕްގެެ މުހިންމު ދެ މާކެޓްގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުން.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަޤާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދޭ "ވިޒިޓް މޯލްޑިވްސް ވީކް" އިޓަލީއާއި ފަރަންސޭސިވިލާތުގައި ފަށައިފިއެވެ.

މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ކުންފުންޏަކުން 18 މަންދޫބުން ބައިވެރިވެއެވެ. އިޓަލީގައި މި ރޯޑްޝޯ އޮތީ މި މަހުގެ 14 ވަނަ ދުވަހު ރޯމްގައި އަދި 15 ވަނަ ދުވަހު މިލާނުގައެވެ. ފަރަންސޭސިވިލާތުގައި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ލިއޯންގައި އަދި 20 ވަނަ ދުވަހު ޕެރިހުގައެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި މުއްސަނދި ސަޤާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ޔޫރަޕްގެެ މުހިންމު ދެ މާކެޓްގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، އިންޑަސްޓްރީ ޕާޓްނަރުންނަށް އައު ގުޅުންތައް އުފެއްދުމުގެ ފުރުސަތު ހޯދައިދީ، މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރެވޭނެއެވެ.

Advertisement

Advertisement 1

މި ހަރަކާތުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން އިޓަލީއާއި ލިއޯންގައި އިންޓަރެކްޓިވް ކުއިޒްއަކާއި ވޯކްޝޮޕްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕެރިހުގައި މީޑިއާ ކޮމްޕޯނެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯތަކުގައި ބީޓުބީ ބައްދަލުވުންތަކާއި ނެޓްވޯކިންގ އަދި ޑެސްޓިނޭޝަން ވޯކްޝޮޕްތައް މެދުވެރިކޮށް އިންޑަސްޓްރީގެ ފަރާތްތައް ހަރަކާތްތެރިވެ، އަގުހުރި ގުޅުންތައް އުފައްދައި، ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ.

އިޓަލީވިލާތާއި ފަރަންސޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދެ މާކެޓެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ މި ހަރަކާތުން ރާއްޖެއަކީ އިޓަލީ އަދި ފަރަންސޭސިވިލާތުގެ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީފަތުރުވެރިކަންއިޓަލީފްރާންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46