ސައިކަލެއްގެ މަޑި ދަށުން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި

އަހްމަދު އީޒާން | 3 ދުވަސް ކުރިން - 14 މޭ 2025 16:06
ވައްކަމުގެ މައްސަލާގައި ފުލުހުން ހޯދަމުން އަންނަ މީހާ / ފޮޓޯ: ޕޮލިސް
ވައްކަމުގެ މައްސަލާގައި ފުލުހުން ހޯދަމުން އަންނަ މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ އެ ވީޑިއޯ އާންމުކުރީ އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ ކަމަށް.

ފުލުހުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އޭނާގެ ވީޑިއޯއެއް މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލެއްގެ މަޑި ދަށުން ވައްކަންކުރި މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވެ، އެ މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ, މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެެވެ.

ފުލުހުން ބުނީ މި ކަހަލަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި, އެ މީހާ ވަނީ މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ސިނގިރޭޓު ފޮއްޓަކާއި އެހެން އެއްޗެއް ކޮޅަތެއް ވަގަށް ނަގައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%