ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 14 މޭ 2025 16:01
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ނައްތާލި ބަނގުރާ / ފޮޓޯ: ޕޮލިސް
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ނައްތާލި ބަނގުރާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ 24 މައްސަލައެއްގައި ހިމެނޭ ބަނގުރާ ކަމަށް.

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

އެ ތަކެތި ނައްތާލާފައި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގޯތި ތެރޭގަ އެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި ކުޅުދުއްފުށި ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުންގެ އަތުން ނަގާފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ 24 މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި ބަނގުރާ ދަޅަކާއި 8 ހަން އަދި ފަސް ލީޓަރުގެ ތިން ފުޅި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުމުގެ ކަންކަން ކުޅުދުއްފުށި ސިޓީ ޕޮލިހުގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%