ޖަޕާނުން ކުޅުދުއްފުށި ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކޮށްފި

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 14 މޭ 2025 13:38
ޖަޕާނުން ކުޅުދުއްފުށި ސިޓީގެ ޕަބްލިކް ލައިބްރަރީއަށް ފޮތްތައް ހަދިޔާކުރުން.
ޖަޕާނުން ކުޅުދުއްފުށި ސިޓީގެ ޕަބްލިކް ލައިބްރަރީއަށް ފޮތްތައް ހަދިޔާކުރުން.
ޚުލާސާ

ޖަޕާނުން ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި މައިގަނޑު 5 ދާއިރާއެއްގެ ފޮތްތައް ހިމެނޭ.

ޖަޕާނުން ކުޅުދުއްފުށި ސިޓީގެ ޕަބްލިކް ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކޮށްފިއެވެ.

ނިފޯން ފައުންޑޭޝަންގެ "ރީޑް ޖަޕާން" ޕްރޮޖެކްޓު މެދުވެރިކޮށް ހަދިޔާކޮށްފައިވަނީ 178 ފޮތެވެ.

ފޮތް ހަދިޔާކުރުމުގެ ރަސްމީ ލިޔުމާއި ހަވާލުވެވަޑައިގަތީ ކުޅުދުއްފުށި މޭޔަރ މުޙައްމަދު އާތިފެވެ. އަދި ފޮތްތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ޖަޕާނުން ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި މައިގަނޑު 5 ދާއިރާއެއްގެ ފޮތްތައް ހިމެނެއެވެ.

ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 1979 އާއި 1989 އަހަރާއި ދެމެދު 15 ރަށެއްގައި ޖަޕާނުގެ އެހީގައި ސްކޫލުތައް ވަނީ އަޅާފައެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ސްކޫލްތައް އެޅުމުގައިވެސް ޖަޕާނުން އެހީތެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%