Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝަހާދަތުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ޝަހާދަތުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

އަައިޝަތު ޒީނާ
484 ދުވަސް ކުރިން - 13 މެއި 2025 20:52
ޝަހާދަތު ހޮސައިން، ބަންގްލަދޭޝް، (34އ). / ފޮޓޯ: ފުލުހުން
ޝަހާދަތު ހޮސައިން، ބަންގްލަދޭޝް، (34އ). / ފޮޓޯ: ފުލުހުން
ޚުލާސާ

ޝަހާދަތު ހޮސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކްޕާމިޓެއްގައި ދިވެހިރާއްޖޭގައި އުޅެމުން ގޮސްފައިވާ މީހެއް.

ބަންގުލަދޭޝްގެ ރައްޔިތަކު ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީލޯންޑްރިންގ ޢަމަލުތަކެއް ހިންގާފައިވާ މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވަނީ ޝަހާދަތު ހޮސައިން، ބަންގްލަދޭޝް، (34އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2025 ޖަނަވަރީ 21 ވަނަ ދުވަހު ކޯޓު ޢަމުރުގެ ދަށުންނެވެ.

ފުލުހުން ބުނީ ޝަހާދަތު ހޮސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކްޕާމިޓެއްގައި ދިވެހިރާއްޖޭގައި އުޅެމުން ގޮސްފައިވާ މީހެއްކަން ތަޙުޤީޤުގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭނާ ގެންގުޅޭ މޯބައިލް ފޯނާއި ލެޕްޓޮޕްގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕް އަދި ބިދޭސީން ހިމެނޭގޮތަށް އެކި މީހުންގެ ސޮއި އަދި ވޯކްޕާމިޓާއި ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުމުގެ އިތުރުން ބިދޭސީންގެ ޕާސްޕޯޓު ކޮޕީއާއި ބައެއް ދިވެހިންގެ އައިޑީކާޑު ފޮޓޯ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ވޯކްޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ވެސް ތަޙުޤީޤަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ ޝަހާދަތު ފުރަތަމަ ރާއްޖެ އައީ 2014 ވަނަ އަހަރު ކަމަށެވެ. އަދި 2019 ވަނަ އަހަރު މާލެ އައިސް ބެންކު އޮފް މޯލްޑިވްސްގައި ހަތަރު އެކައުންޓެއް އޭނާ ހުޅުވާފައިވާ ކަމަށާއި، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އޭނާގެ އެކައުންޓްތަކަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޝަހާދަތު އެންމެ ފަހުން ރާއްޖެ އެތެރެވީ އޮފީސް ބޯއީއެއްގެ ވަޒީފާއަށް ނަމަވެސް އޭނާއަށް 3,000 ޑޮލަރުގެ ބޮޑު މުސާރަ ލިބޭ ކަމަށާއި، އޭނާ އުޅެމުން ގެންދިޔައީ 18,000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގައި ކަމަށް ވެސް ތަޙުޤީޤަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝަހާދަތުގެ ލެޕްޓޮޕުން މައްސަލައާ ގުޅޭ ވަރަށް ގިނަ ލިޔުންތަކާއި އެކި ކުންފުނިތަކުގެ ސްޓޭމްޕާއި ދިވެހީންގެ އައިޑީކާޑު ކޮޕީތައް ފެނިފައިވުމުން ތަޙުޤީޤަށް ހާމަވާކަމަކީ ޝަހާދަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރާއްޖެ އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއް ކަމަށެވެ.

މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން އެތެރެކޮށް މާލީ މަންފާ ހޯދަމުންދާ ނެޓްވޯކެއްކަން އެނގިފައިވާ ކަމަށާއި، މި ނެޓްވޯކުން އެކި ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ މީހުން މާލެތެރެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައްޙަ ނޫން ވޯކްޕާމިޓް ހަދާ ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފޮނުވާ ޝަހާދަތު ބުނާ އެކައުންޓަކަށް ފައިސާ ޖަމާކުރަން އަންގާ ކަމަށް ބުނެފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމުގައި ދިވެހީންގެ ގިނަ ބަޔަކާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ އިރު، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20