މިނިސްޓަރު ހަލީލް ރަސްމީ ދަތުރެއްގައި ކުވެއިތަށް

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 13 މޭ 2025 14:24
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ފޮރިން މިނިސްޓްރީން ބުނީ ކުވެއިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް މިނިސްޓަރު ހަލީލް އެ ގައުމަށް ވަޑައިގެންފައިވާ ކަމަށް.

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރަސްމީ ދަތުރެއްގައި ކުވެއިތަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުވެއިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް މިނިސްޓަރު ހަލީލް އެ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ދަތުރުގައި ކުވެއިތުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައި، ރާއްޖެ އާއި އެ ގައުމާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުވެއިތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވެއިތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި, ކުވެއިތަކީ ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް އެހީތެރިވެދޭ ގައުމެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދޭ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ވެސް އެހީތެރިކަން ދެ އެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަންނަވަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%