84 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 5 ދުވަސް ކުރިން - 13 މޭ 2025 12:03
ބަނގުރަލާ އެކު ފުލުހުން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ބަނގުރަލާ އެކު ފުލުހުން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ ހުޅުމާލޭގައި އޮތް ކާރެއްގެ ޑިކީ ތެރޭގައި އޮތް ފޮށިގަނޑުތައް ބަލައި, ފާސްކުރި އިރު, 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް.

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން ދިވެއްސަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި, ބަލައި ފާސްކުރި އިރު, ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ

ފުލުހުން. ބުނީ އެ ފޮށިގަނޑުތައް ބަލައި, ފާސްކުރި އިރު, 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ކާރު ދުއްވި މީހާ ހައްޔަރުކޮށް, ފުލުހުން ވަނީ އެ ކާރު ޓޯކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ލާމިގެ، މުހައްމަދު އުޝާން, 46 އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%