Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޤަތަރުން ޓްރަމްޕަށް 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރެއް" ދޭން ނިންމައިފި

ޤަތަރުން ޓްރަމްޕަށް 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރެއް" ދޭން ނިންމައިފި

ހުސައިން އިސްމާއިލް
394 ދުވަސް ކުރިން - 13 މެއި 2025 08:51
ޤަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ މަތިންދާބޯޓުގެ އެތެރެ.
ޤަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ މަތިންދާބޯޓުގެ އެތެރެ.
ޚުލާސާ

ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރަނީ ބޮއިންގ 747-8 މަތިންދާބޯޓެއް. އޭގައި ލަގްޒަރީ ދެ ކޮޓަރި ވެސް ހުރޭ. އަގަކީ 400 މިލިއަން ޑޮލަރު.

ޤަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ މަތިންދާބޯޓު.

ޤަތަރުގެ ރަސްކަންކުރާ ޝާހީ އާއިލާއިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 400 މިލިއަން ޑޮލަރުގެ އަގުހުރި ބޮއިންގ 747-8 މަތިންދާބޯޓެއް ހަދިޔާ ކުރަން ނިންމައިފިއެވެ. "އުދުހޭ ގަނޑުވަރު" ގެ ނަމުން މަޝްހޫރުވެފައިވާ މި މަތިންދާބޯޓަކީ ޓްރަމްޕްގެ ރިޔާސީ ދައުރުގައި ވަގުތީ އެއަރ ފޯސް ވަން ގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އުޅަނދެކެވެ.

Advertisement

Advertisement 1

ޤަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ މަތިންދާބޯޓުގެ އެތެރެ.

މަސްދަރުތައް ބުނާ ގޮތުގައި މި މަތިންދާބޯޓުގެ އެތެރެ ފަރުމާކޮށްފައިވަނީ ކެބިނެޓް އަލްބަރޓޯ ޕިންޓޯއިންނެވެ. މީގެ އެތެރޭގައި ސިކަމޯ އަދި ވަކަޕޫ ލަކުޑިން ހަދާފައިވާ ތަކެއްޗާއި، އެލެގްޒެންޑަރ ކޯލްޑަރގެ ކުރެހުންތައް ހިމެނެއެވެ. މި މަތިންދާބޯޓުގައި 89 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ކަމަށާއި، އަދި 2 ކޮޓަރި ހިމެނޭ މި އުޅަނދަކީ ދުނިޔޭގެ އެންމެ ޒަމާނީ އަދި ފަޚުރުވެރި މަތިންދާބޯޓުތަކުގެ ތެރެއިން އެއް އުޅަނދު ކަމަށް ވެސް ޚަބަރު ލިބެއެވެ.

ޤަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ހަދިޔާކުރާ މަތިންދާބޯޓުގެ އެތެރޭގައި ހަދާފައިވާ ކޮންފެރެންސް ޓޭބަލް.

ފެބްރުއަރީ މަހު ޕާމް ބީޗް އިންޓަނޭޝަނަލް އެއަރޕޯޓުގައި ޓްރަމްޕް ވަނީ މި އުޅަނދު ބަލާލާފައެވެ. އަދި މި ހަފްތާގައި ޤަތަރަށް ކުރާ ދަތުރުގައި މި މަތިންދާބޯޓާއި ބެހޭ އެއްބަސްވުންތައް ހަދާނެ ކަމަށް ބެލެވެއެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ މި ހަދިޔާ ބަލައިގަންނާނީ ޤާނޫނުތަކާ އެއްގޮތަށެވެ.

ގަތަރުޑޮނަލްޑް ޓްރަމްޕުއެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

4 ދުވަސް ކުރިން - 09:14

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

6 ދުވަސް ކުރިން - 10:19

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

7 ދުވަސް ކުރިން - 11:09

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

7 ދުވަސް ކުރިން - 08:53