Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެވޭނެގޮތް އިހުސާން ތަފްޞީލުކޮށްދެއްވައިފި

މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެވޭނެގޮތް އިހުސާން ތަފްޞީލުކޮށްދެއްވައިފި

އަައިޝަތު ޒީނާ
435 ދުވަސް ކުރިން - 13 މެއި 2025 00:48
ފަސްވަނަ "އަހާ" ފޯރަމްގައި ވަޒީރު އިހުސާން ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ފަސްވަނަ "އަހާ" ފޯރަމްގައި ވަޒީރު އިހުސާން ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިހުސާން ވިދާޅުވީ އެހެން ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަނީ 'ސަޕްލައި ރިޑަކްޝަން ސައިޑް'އަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށް.

މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެވޭނެގޮތް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން މިރޭ ތަފްޞީލުކޮށްދެއްވައިފިއެވެ.

މިރޭ ކުރިއަށްގެންދިޔަ ފަސްވަނަ "އަހާ" ފޯރަމްގައި މީހަކު ފޮނުވި ސުވާލެއްގައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ މީގެ ކުރިންވެސް ސަރުކާރުތަކުން މަސައްކަތްކޮށް ޙައްލު ނުކުރެވި އޮތް މައްސަލައެއްކަން ފާހަގަކޮށް، މި ދައުރު ނިމޭއިރު ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން ދެއްވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ އިޖްތިމާޢީ އަދި ސަލާމަތީ ކަންކަމަށް ބަލާއިރު މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައި އޮތް މައްސަލަ ކަމަށެވެ. އެ މައްސަލަ ޙައްލުކުމަށް މި ސަރުކާރުން އެންމެ ފުރަތަމަވެސް ފެށި މަސައްކަތަކީ އެ މައްސަލައާ ގުޅޭ ހުރިހާ އިދާރާތަކެއް ވުޒާރާއާއެކު މަސައްކަތް ކުރެވޭނެ ގޮތަށް ވުޒާރާ ތަރުތީބުކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

އިހުސާން ވިދާޅުވީ ކުރީގައި އޮތް ބިއުރޯކްރަސީތަކާއި އެކި މައްސަލަތަކާއި އެއް އިދާރާ އަނެއް އިދާރާއާއި ފުށުއެރުންތަކާއި، އެ ކަންތައްތައް ނަގާ ދަޢުލަތް އެއްކޮށް މަސައްކަތް ކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ މަގުމަތީގެ އަގުން ނަމަ 1.4 ބިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މާލެއާއި ރާއްޖޭގެ އެހެން ރަށްތަކަށްވެސް އަރުވަން މަސައްކަތް ކޮށްފައިވާ 9000 އަށްވުރެ ގިނަ ބަނގުރާފުޅި މިހާތަނަށް އަތުލައިގަނެފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް މިފަދަ ތަކެތި އެތެރެ ކުރުމަށް ބޭނުންކުރާ ދޮރުތައް ބަންދުކުރުމުގައި، ޚާއްސަކޮށް ޕޯސްޓުގެ ޒަރިއްޔާއިން އަންނަ ޕެކޭޖުތައް ސްކޭން ކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން އެއަރޕޯޓު މެދުވެރިކޮށްވެސް ޕެކޭޖުތައް ބަލަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ސީ ކާގޯގައި އަންނަ ކޮންޓެއިނަރުތައް ސްކޭން ކުރުމަށްޓަކައި ކޮންޓެއިނަރ ސްކޭނަރެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށާއި އެއާއެކު ސީ ކާގޯގައި އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ އެހެން ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަނީ 'ސަޕްލައި ރިޑަކްޝަން ސައިޑް' އަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށެވެ.

"އެކަން ކުރާއިރު އަޅުގަނޑުމެން މަސްތުވާތަކެތި ފަހާ ދުވުމުގެ ބަދަލުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަޅުގަނޑުމެން އަތުލައިގަންނަނީ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަޙުޤީޤުތަކެއް މިހާރު ކުރިއަށްގެންދަމުން އަންނަ ކަމަށާއި މިވަގުތު ވެސް މަނީ ލޯންޑަރިންއާ ގުޅޭ ގޮތުން މިފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔާފަރި ކުރުމުގައި އެންމެ ފުލުގައި ތިބޭ މީހުން އެ ތަކެތި ވިއްކުމުގެ މަސައްކަތުގައި ސީދާ ނޫޅޭ ކަމަށާއި، މަސްތުވާތަކެތި އެމީހުން ވިއްކަނީ އެހެން ބަޔަކު މެދުވެރިކޮށްގެން ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ގިނަ މީހުންނަކީ ވެސް ވިއްކުމުގެ މަސައްކަތުގައި ގިނައިން އުޅޭ މީހުން ކަމަށާއި، އަސްލު ވިޔަފާރިކުރާ މީހުންނާއި އެމީހުންނާ މެދު އިތުރު މެދުވެރިންތަކެއްވާކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

"އެމީހުން ކިތަންމެ ވަރަކަށް ހައްޔަރުކުރިއަސް މީގެ އަސްލާ ހިސާބަކަށް ނުދެވޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު ފައިސާ ފޮލޯކޮށްގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ޤަބޫލުކުރެވޭ އަދި އަތޮޅުތަކުގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން މި ހޯދަނީ. ހޯދާފައި އެމީހުންނާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުތައް މި އަޅަނީ، އެކަން އަޅުގަނޑުމެން މި ހުއްޓުވަނީ، އެމީހުންގެ ފައިސާ ސީޒްކުރާނީ، އެމީހުންގެ ވިޔަފާރިތައް އަޅުގަނޑުމެން ހުއްޓުވާނީ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެފަދަ ޕައިލެޓް އޮޕަރޭޝަނެއް މިހާރު ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެކަމުގައި ޤާނޫނީ ގޮތުންވެސް އެޅޭ ފިޔަވާޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެންމެ އިސް ދެމީހުން މިހާރު ހައްޔަރުކޮށްގެން ކޯޓުތަކުގައި އެމީހުންގެ މައްސަލަތައް ކުރިއަށްގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔާފަރިކުރަމުން ފިލައިގެން ތިބި މީހުންނަށް ދެން ރާއްޖޭގައި އެ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެމީހުން ހުއްޓުވާނެ ކަމަށެވެ. އެއާއެކު 'ސަޕްލައި ސައިޑް' އން އެ މައްސަލަ ޙައްލުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

'ޑިމާންޑް ސައިޑް' އިން އެ މައްސަލަ ޙައްލުކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މިހާރު ހުރި ކެޕޭސިޓީ ވަރަށް ކުޑަކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އެ ކެޕޭސިޓީ ބިލްޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފިޒިކަލް އިންފްރާސްޓްރަކްޗަރ އާއި ފަންނީ މީހުން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އިހުސާން ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތިމިނިސްޓަރު އަލީ އިހުސާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

6 ދުވަސް ކުރިން - 14:14

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

18 ދުވަސް ކުރިން - 14:50

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

22 ދުވަސް ކުރިން - 09:03

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

25 ދުވަސް ކުރިން - 23:51

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

31 ދުވަސް ކުރިން - 16:04

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%