ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 12 މޭ 2025 17:59
ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް.
ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް.
ޚުލާސާ

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް.

ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ހާއިރު ނަޑެއްލާއަށް ކައިރި ކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށް ފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:25 ހާކަށް ހާއިރުއެވެ.

އެ މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާ އަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅުރަށްތައް ބެލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.ގދ. ނަޑެއްލާއަށް ބަނދަރުކުރި ދޯންޏަކުން އެ ރަށަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ ފަޅު ރަށަކުން މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާދަމް އިބްރާހިމް މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެ މީހާ ފަޅުރަށަށް ދިޔަ ގޮތާއި، އޭނާގެ ޚަބަރެއް ނުވި ސަބަބާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%