ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 11 މޭ 2025 14:52
ވިއްސާރާގައި ރަށެއްގެ ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެފައި / ފޮޓޯ: އެންޑީއެމްއޭ
ވިއްސާރާގައި ރަށެއްގެ ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެފައި / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް ލަފާކުރެވޭ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ, މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%