Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިންނާބެހޭ ކަންބޮޑުވާ މިންވަރުގެ ތަފާސްހިސާބެއް ޢާންމުކޮށްފި

ކުޑަކުދިންނާބެހޭ ކަންބޮޑުވާ މިންވަރުގެ ތަފާސްހިސާބެއް ޢާންމުކޮށްފި

ޢަބްދުﷲ ޖުނައިދު
498 ދުވަސް ކުރިން - 11 މެއި 2025 12:43
ރައްޔިތުންހެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ: ރައްޔިތުންގެ މަޖިލީހަކީ ކުޑަކުދިން ހަމަމަގަށް އަޅުވާނެ ޤާނޫނުތައް ފާސްކުރާ “ބާރު”.
ރައްޔިތުންހެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ: ރައްޔިތުންގެ މަޖިލީހަކީ ކުޑަކުދިން ހަމަމަގަށް އަޅުވާނެ ޤާނޫނުތައް ފާސްކުރާ “ބާރު”.
ޚުލާސާ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް %16 ކުދިންނަކީ ސްކޫލަށް ނުދާ ކުދިން. %3.3އަކީ ބެލެނިވެރިޔަކާއި ނުލައި އުޅޭ ކުދިން.

ރާއްޖޭގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ކަންބޮޑުވާ ހިސާބަކަށް ކަންކަން ގޮސްފި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ގާތްގަނޑަކަށް %16 ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ. ވަޒީފާއެއްގައި ވެސް ނޫޅެއެވެ. ވޮކޭޝަނަލް ޓްރޭނިންގއެއްގައި ބައިވެރިވާކަށް ވެސް ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ އާބާދީގެ %2 ދިރިއުޅެނީ ބެލެނިވެރިންގެ އަޅާލުމެއް ނެތިއެވެ. ގެއިން ބޭރުގައެވެ. ބެލެނިވެރިޔަކާއި ނުލައި އުޅޭ އުމުރުން 2 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ %3.3 އާއި ހަމައަށް އެކި އަތޮޅުތަކުގައި އެބަ އުޅެއެވެ.

އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ހަ ކުއްޖަކުން ގާތްގަނޑަކަށް 5 ކުއްޖަކީ “ވީއްލިގެން އުޅޭ” ކުދިންގެތެރެއަށް ވަނުމުގެ ފުރުޞަތު އޮތް ކުދިންނެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ވެސް އިންތިހާއަށް ބޮޑު އަނެއް ކަންބޮޑުވުމެކެވެ. ނޮވެމްބަރު 2023 ގައި އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ ސަތޭކަ އެއްތިރީސް މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ގޮތުން އެކުދިންނަށް ދީފައިވާ އަނިޔާ ހިމެނެއެވެ. މިއީ ކުޑަކުދިންގެ މުސްތަޤްބަލަށް އެޅިފައިވާ ކަޅު އަނދިރިކަމެކެވެ.

Advertisement

Advertisement 1

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން 2023 ވަނަ އަހަރު ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 889 މައްސަލަ ރެކޯޑް ކޮށްފައި ވާއިރު، މިއީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޢަދަދެކެވެ. މި ތަފާސްހިސާބުތަކުން މި ޤައުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ފުރިހަމަ ސިޔާސަތުތަކާއި ޕްރޮގްރާމްތައް މިހާރުންމިހާރަށް އިތުރަށް ހަރުދަނާކޮށް ހިންގާން އެބަ ޖެހެއެވެ. އެހެންނޫންނަމަ، މި 889 ކުދިންގެ ޢަދަދު ބޮޑުތަނުން އިތުރުވެ ދުރުނޫން މުސްތަޤްބަލެއްގައި މީގެ ނުބައި އަސަރު ޤައުމަށް ކުރިމަތިވެ ޚައްޞަކޮށް އިޖްތިމާޢީ އިތުރު މައްސަލަތައް “މިހާރަށްވުރެ ފުޅާ ދާއިރާގައި” ނުކުތުމުގެ ފުރުޞަތު އެބަ އޮތެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ނޫނަސް، އަމިއްލަ ޖަމްޢިއްޔާތަކާއި، މުޅި ޖަމާޢަތް ވަގުތުން ވަގުތަށް މަސައްކަތްކުރާން ޖެހިއްޖެއެވެ. ޤައުމުގެ ކުދިންގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެއްބައިވަންތަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ޤައުމުގެ މުސްތަޤްބަލް ކަމުގައިވާ ކުޑަކުދިން މިހާރު “ޖެހިފައިވާ ދަލުން” ސަލާމަތްކުރާން ޖެހިއްޖެއެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑެވެ.

ތަފާސްހިސާބުކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

ފުރަތަމަ ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

16 ގަޑިއިރު ކުރިން - 14:59

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

17 ދުވަސް ކުރިން - 12:54

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

22 ދުވަސް ކުރިން - 19:52

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް

32 ދުވަސް ކުރިން - 14:32

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

32 ދުވަސް ކުރިން - 11:43

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

43 ދުވަސް ކުރިން - 10:44