Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރިން އަޅާނުލައި ދޫކޮށްލި ތެލެސީމިއާ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް

ކުރިން އަޅާނުލައި ދޫކޮށްލި ތެލެސީމިއާ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް

ހުސައިން އިސްމާއިލް
480 ދުވަސް ކުރިން - 8 މެއި 2025 17:43
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގައި - އެމަނިކުފާނު ގެންދަވަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދޭވަރުގެ އަހަންމިއްޔަތުކަން ތެލަސީމިއާކުދިންނަށް ދެއްވަމުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގައި - އެމަނިކުފާނު ގެންދަވަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދޭވަރުގެ އަހަންމިއްޔަތުކަން ތެލަސީމިއާކުދިންނަށް ދެއްވަމުން.
ޚުލާސާ

އެންމެ ގިނަވެގެން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ހިންގުމާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ.

ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެނެސް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މުހިންމު ނިންމުން ރައީސް އިޢުލާނުކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުރިން ތެލެސީމިއާ ސެންޓަރަކީ އަޅާނުލައި ދޫކޮށްލާފައިވާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވީ ނަމަވެސް، މި އައު ބަދަލާއެކު އެ ތަނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރައީސް ވިދާޅުވިގޮތުގައި، ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެންމެ ގިނަވެގެން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ހިންގުމާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ބަދަލުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ތެރޭގައި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ އެކިއެކި މައްސަލަތަކާއި ދަތިތަކަށް ހައްލު ލިބިގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ޚިދުމަތްތައްވެސް ހިނގަމުންދާނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު، ހުޅުމާލޭގައި ހުރި މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތީ އެއް ގައުމެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ 18 މީހުންކުރެ އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރެކެވެ.

ތެލަސީމިއާޕޮޑްކާސްޓްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

9 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

9 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

9 ގަޑިއިރު ކުރިން - 16:42