މަގުމައްޗަށް ދޫކޮށްފައި ދިޔަ ކޮތަޅުތަކުން ވަގަށް އެތެރެކޮށްފައިވާ 221 ކާޓަންގެ ސިނގިރޭޓު ފެނިއްޖެ

އަހްމަދު އީޒާން | 13 ގަޑިއިރު ކުރިން - 6 މޭ 2025 16:04
މަގުމައްޗަށް ދޫކޮށްފައި ދިޔަ ސިނގިރޭޓް ކާޓަންތައް / ފޮޓޯ: ޕޮލިސް
މަގުމައްޗަށް ދޫކޮށްފައި ދިޔަ ސިނގިރޭޓް ކާޓަންތައް / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ އެ ކޮތަޅުތަކުން ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް.

މާލޭގެ މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކޮތަޅުތަކަކުން، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން ރޭ ހޯދައިފި އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްފައި ދިއުމުން އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ކޮތަޅުތައް ބަލައި ފާސްކުރި އިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން ވަނީ މިދިޔަ ހަފުތާގައި ވެސް އަތުލައިގަނެފަ އެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގަނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%