ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެންކުއްޖަކު ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން އެމައްސަލަ މިއަދު ހެނދުނު 8:30އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ކުއްޖާ ގެއްލުނީ ހުޅުމާލޭ ފޭސް 2 ގެ ސްކޫލަކަށް ދިޔުމަށް ގެއިން ނުކުތުމަށްފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއި ތައުލީމީ ވުޒާރާ ގުޅިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހިޔާޓަވަރު 8އިން ސްކޫލަށް ދިޔަ މިކުއްޖާ ސްކޫލަށް ނުވަންނަކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.
މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.






