ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ މީހެއް ކަމަށްވާ ސުރޭޝް ކުމާރު، 29 ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި، ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލެ ދުނބުރިގަސް މަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ދެ ފުޅި އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









