ޔޫތު މިނިސްޓަރު "ޓޫ އޮފް އަސް"އާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައިފި

އަހްމަދު އީޒާން | 17 ދުވަސް ކުރިން - 5 މޭ 2025 11:23
ޔޫތު މިނިސްޓަރު "ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ޔޫތު މިނިސްޓްރީ
ޔޫތު މިނިސްޓަރު "ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ޔޫތު މިނިސްޓްރީ
ޚުލާސާ

ޔޫތު މިނިސްޓްރީން ބުނީ މި މުބާރާތުގައި "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަކީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް.

އިންޑިއާގައި ބޭއްވި "ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުން ތިންވަނަ ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ މެމްބަރުންނާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ބައްދަލުކުރައްވައި، މަރުހަބާ ދަންނަވައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ މުންބާއީގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެންމެ ހުނަރުވެރި ބޭންޑުތަކުގެ ތެރެއިން ދިވެހި ބޭންޑު "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަށް ވަރަށް ފަހުރުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

"ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް"އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ ދޫރްދަރްޝަން އިން ގެނެސްދިން ރިއަލިޓީ ޝޯއެކެވެ. އެ ޝޯގައި ރާއްޖޭގެ އިތުރުން އެހެން ވަރަށް ގިނަ ގައުމުތަކުގެ ބޭންޑުތަކުން ވެސް ބައިވެރިވި އެވެ.

މި މުބާރާތުގައި "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަކީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ ބޭންޑުގައި ހިމެނެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީ އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%