ރާއްޖެ-އެމެރިކާ ސިފައިންގެ "ބްލެކް މާލިން" ތަމްރީނު ފަށައިފި

އާނާ ފަހީމް | 19 ގަޑިއިރު ކުރިން - 5 މޭ 2025 11:32
ރާއްޖެ-އެމެރިކާ ސިފައިންގެ "ބްލެކް މާލިން" ތަމްރީނު ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ރާއްޖެ-އެމެރިކާ ސިފައިންގެ "ބްލެކް މާލިން" ތަމްރީނު ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި މަހުގެ 27 އަށް ކުރިއަށްދާ ރާއްޖެ-އެމެރިކާ ސިފައިންގެ "ބްލެކް މާލިން" ތަމްރީނުގައި އިންޓެލިޖެންސް، ލޮޖިސްޓިކްސް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީގެ ދާއިރާތަކުން ތަމްރީނުތައް ހިންގާނެ.

ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) އާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިން ގުޅިގެން ބާއްވާ "ބްލެކް މާލިން" ތަމްރީނުގެ 5 ވަނަ އެޑިޝަން މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ. މި ތަމްރީނު ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނުގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިންޓެލިޖެންސް، ލޮޖިސްޓިކްސް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީއާ ގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތަމްރީނު ފެށުމުގެ ރަސްމިއްޔާތުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮންގް އާއި ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދު އާއި އެހެނިހެން ސީނިއަރ އޮފިސަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%