ފުލުހުންގެ ޓްރެއިނިންގ ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އޭނާގެ ހާލު ދެރަވީ ދ. ވާނީގައި ޓްރެއިނިންގ ހަދަމުންދަނިކޮށެވެ. އޭނާގެ ހާލު ދެރަވުމާ ގުޅިގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި މިއަދު މެންދުރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.