އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާ ހަބިލިއަނަށްވުރެ ގިނަ!

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 3 މޭ 2025 18:53
އެސްޓީއޯ ހެޑް އޮފީސް: އެސްޓީއޯއަށް އެންމެ ގިނައިން ފައިސާ ދޭންޖެހެނީ ސަރުކާރުގެ ކުންފުނިތަކުން. / ފޮޓޯ: ޚުލާސާ.
އެސްޓީއޯ ހެޑް އޮފީސް: އެސްޓީއޯއަށް އެންމެ ގިނައިން ފައިސާ ދޭންޖެހެނީ ސަރުކާރުގެ ކުންފުނިތަކުން. / ފޮޓޯ: ޚުލާސާ.
ޚުލާސާ

މާޗް މަހުގެ ނިޔަލަށް އެސްޓީއޯ އަށް ލިބެންޖެހޭ ފައިސާގެ އަދަދު 6.22 ބިލިއަން ރުފިޔާއަށް އަރާ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

އެސްޓީއޯއިން ނެރެ އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މާޗް މަހުގެ ނިޔަލަށް އެ ކުންފުނީގެ ވިޔަފާރިން ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ 6.22 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ހުރީ 5.7 ބިލިއަން ރުފިޔާގައެވެ.

ފުރަތަމަ ކުއާޓަރުގެ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯއިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، އެސްޓީއޯއިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ރުފިޔާގެ އަދަދު ހުރީ 3.5 ބިލިއަން ރުފިޔާގައެވެ.

އެސްޓީއޯއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި 169 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފައެވެ.

އެސްޓީއޯއަށް އެންމެ ގިނައިން ފައިސާ ދޭންޖެހެނީ ސަރުކާރުގެ ކުންފުނިތަކުންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެސްޓީއޯއަށް އެންމެ ބޮޑު އަދަދަކުން ފައިސާ ދޭންޖެހޭ އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަންކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯގެ މިދިޔަ އަހަރުތަކުގެ މާލީ ބަޔާނުން ދައްކާގޮތުގައި އެސްޓީއޯގައިވާ ފެނަކައިގެ ދަރަނި 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް ދައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%