ޗިލީއާ އާޖެންޓީނާގައި ނެރުނު ސުނާމީ އިންޒާރު ކެންސަލް ކޮށްފި

އައިޝަތު އީމާން | 15 ގަޑިއިރު ކުރިން - 2 މޭ 2025 23:14
ބިންހެލުމާއި ގުޅިގެން ޗިލީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ޖަމާވަނީ: ސުނާމީގެ އިންޒާރު ދިނަސް، މިހާރު އެ އިންޒާރު ވަނީ ބާތިލް ކޮށްފަ.
ބިންހެލުމާއި ގުޅިގެން ޗިލީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ޖަމާވަނީ: ސުނާމީގެ އިންޒާރު ދިނަސް، މިހާރު އެ އިންޒާރު ވަނީ ބާތިލް ކޮށްފަ.
ޚުލާސާ

ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުގަދަ މި ބިންހެލުމާއި ގުޅިގެން ނެރުނު އިންޒާރު މިހާރު ވަނީ ނަގާލާފަ.

ޗިލީ އާއި އާޖެންޓީނާގެ ދެކުނު އައްސޭރިފަށާއި ކައިރިއަށް އައި 7.5 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމާއި ގުޅިގެން ނެރުނު ސުނާމީ އިންޒާރު ކެންސަލްނކޮށްފި ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ އާޖެންޓީނާގެ އުޝުއާއިއާ އިން 219 ކިލޯމީޓަރު ދެކުނުގައި، 10 ކިލޯމީޓަރުގެ އަޑިންނެވެ.

މި ބިންހެލުމާ ގުޅިގެން ޗިލީގެ އޮތޯރިޓީތަކުން ސުނާމީގެ އިންޒާރު ދީ، މެގަލަންސް ސަރަޙައްދާއި ޗިލީގެ އެންޓާޓިކް ސަރަޙައްދުން މީހުން ހުސްކުރުމަށް އަމުރު ނެރުނެވެ. އެގޮތުން ރައްކާތެރި އުސް ތަންތަނަށް މީހުން ޖަމާވި ކަމަށް ހަބަތުތައް ބުނެއެވެ.

މީގެއިތުރުން، އާޖެންޓީނާގެ ޓިއެރާ ޑެލް ފުއެގޯ ޕްރޮވިންސްގައި، ހުރިހާ ފެނުގެ ނިޒާމެއް ހުއްޓުމަކަށް ގެނެސް، ދަތުރުފަތުރު މަދުވެގެން 3 ގަޑިއިރަށް މެދުކަނޑާލާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%