އާޖެންޓީނާއާއި ޗިލީއަށް ބިންހެލުން! ސުނާމީގެ އިންޒާރު ދީފި

އައިޝަތު އީމާން | 13 ގަޑިއިރު ކުރިން - 2 މޭ 2025 20:37
ކުއްލި ޚަބަރު: ޗިލީއާއި އާޖެންޓީނާ އަށް 7.5ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފި.
ކުއްލި ޚަބަރު: ޗިލީއާއި އާޖެންޓީނާ އަށް 7.5ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފި.
ޚުލާސާ

ޗިލީގެ ދެކުނު ސަރަޙައްދުގައި 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް: ސުނާމީގެ އިންޒާރާއެކު މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށައިފި

އާޖެންޓީނާ އާއި ޗިލީއަށް ބާރުގަދަ ބިންހެލުމެއް އައިސް، ޗިލީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. 

މިރޭ މާލޭ ގަޑިން ގާތްގަނޑަކަށް 7 ޖަހަން އުޅެނިކޮށް މި ބިންހެލުން އައީ ޗިލީގެ ދެކުނު ސަރަޙައްދަށެވެ. މި ބިންހެލުމަކީ 7.5 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރުގެ ފުންމިނުން ކަމަށާއި، މި ބިންހެލުމާ ގުޅިގެން ޗިލީގެ ދެކުނު އައްސޭރިފަށަށް ސުނާމީ އަރާނެ ކަމަށް އިންޒާރު ދީފައިވާއިރު، ޗިލީގެ ރައީސް ގެބްރިއެލް ބޯރިކް ވަނީ ނެޝަނަލް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ކޮމިޓީ (ކޮގްރިޑް) ކުއްލި ހާލަތަށް ނެރެފައެވެ.

އަވައްޓެރި އާޖެންޓީނާގައި މިހާރު ވަނީ ފެނާއި ދަތުރުފަތުރު މަދުވެގެން 3 ގަޑިއިރަށް މެދުކަނޑާލާފައެވެ. އުޝުއާއިއާ އާއި އެ ސަރަޙައްދުގެ އެހެން ރަށްތަކުގައި ބިންހެލުން އިޙްސާސްކުރެވުނު ނަމަވެސް، ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މިހާތަނަށް ޗިލީގައި ވެސް މާބޮޑު ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%