މެސީގެ މަޔާމީ ބޮޑު ތަފާތަކުން ބަލިވެ ކަޓައިފި

އުސްތާޛް މުޙައްމަދު ޢަލީ | 107 ދުވަސް ކުރިން - 2 މޭ 2025 11:41
މެސީ: ބަލިވުމުން ހިތާމަކުރާއިރު ރޮނާލްޑޯ ކުޅެމުންދާ ފެންވަރުގައި މިހާރު މެސީއަށް ނުކުޅެވޭ ކަމަށް ގިނަބަޔަކު ދަނީ ބުނަމުން.
މެސީ: ބަލިވުމުން ހިތާމަކުރާއިރު ރޮނާލްޑޯ ކުޅެމުންދާ ފެންވަރުގައި މިހާރު މެސީއަށް ނުކުޅެވޭ ކަމަށް ގިނަބަޔަކު ދަނީ ބުނަމުން.
ޚުލާސާ

މެސީ، ސުއަރޭޒް އަދި ޖޯޑީ އަލްބާ ފަދަ ކުޅުންތެރިން ތިއްބާ ކެނެޑާ ޓީމު ވަނީ ފަހަތުން އަރައި 3 ލަނޑު ޖަހައި 5-1 ގެެ އެރެގޭޓުން ބަލިކޮށްފަ.

ކޮންކަކާފް ޗެމްޕިއަންސް ކަޕްގެ ސެމީފައިނަލުގައި ކެނެޑާގެ ވެންކޫވަރ ވައިޓްކެޕްސްއާ ކުރިމަތިލައި ބޮޑު ތަފާތަކުން ބަލިވެ، ލިއޮނެލް މެސީގެ އިންޓަރ މަޔާމީ މުބާރާތުން ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި 3-1 އިން ބަލިވިއިރު، އެގްރެގޭޓަކީ 5-1 އެވެ.

ފުރަތަމަ ލެގުގައި 2-0 އިން ބަލިވިއިރު އެ މެޗުގައި މެސީ ނުކުޅެއެވެ. ނަމަވެސް އިއްޔެގެ މެޗުގައި މެސީއާއި ސުއަރޭޒް އާއި ޖޯޑީ އަލްބާ ފަދަ ނަން މަޝްހޫރު ކުޅުންތެރިން ތިއްބާ ބަލިވީއެވެ.

އިއްޔެގެ ފުރަތަމަ ގޯލު ވެސް ޖެހީ މިއާމީންނެވެ. 9 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ޖޯޑީ އަލްބާ އެވެ. ނަމަވެސް، އޭގެ ފަހުން ކޯޗު މަޝެރާނޯގެ މަޔާމީއަށް އިތުރު ގޯލެއް ނުޖެހުނެވެ.

ވައިޓްކެޕްސްގެ ގޯލުތައް ޖަހަދިނީ ބްރަޔަން ވައިޓް، ޕެޑްރޯ ވައިޓް އަދި ސެބަސްޓިއަން ބަރހޯލްޓަރ އެވެ. މި މެޗާއެކު ވައިޓްކެޕްސް ވަނީ ފައިނަލަށް ގޮސް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރާ ފުރަތަމަ ކެނެޑިއަން ޓީމަކަށްވުމުގެ ފުރުސަތު ހޯދާފައެވެ.

މެޗަށްފަހު މަޝެރާނޯ ބުނީ މި ބަލިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، މިހާރު އެމްއެލްއެސްއަށް ފޯކަސްކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕްގެ ވާހަކަ ދެއްކުމަކީ މިވަގުތު ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%