ގެމަނަފުށި ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 2 މޭ 2025 10:20
ގެމަނަފުށި ކައުންސިލް އިދާރާގެ ބައްދަލުވުމެއް ކުރިޔަށްދަނީ: މަގު ހަދަން ގަސް ކަނޑާ މައްސަލައިގައި ވަކި ކަންތަކެއް ނުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިވޭ.
ގެމަނަފުށި ކައުންސިލް އިދާރާގެ ބައްދަލުވުމެއް ކުރިޔަށްދަނީ: މަގު ހަދަން ގަސް ކަނޑާ މައްސަލައިގައި ވަކި ކަންތަކެއް ނުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިވޭ.
ޚުލާސާ

ގެމަނަފުށީ ވަށައިގެން މަގެއް ހެދުމުގެ މަސައްކަތް ކައުންސުލިން ކުރާއިރު ވަކި ސަރަހައްދެއްގައި އެމަސައްކަތް މިވަގުތަށް ނުކުރުމަށް ވަނީ އަމުރުކޮށްފަ.

ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދެއްގައި ހުރި ގަސްތަކެއް ކަނޑައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، އެކަން ހުއްޓުމަށް ގެމަނަފުށި ކައުންސިލްގެ މައްޗަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލާ ދެކޮޅަށް އަހުމަދު ޝާފިއު (ރިހްލާ، ގއ. ގެމަނަފުށި) އެވެ. ގެމަނަފުށީ ވަށައިގެން މަގެއް ހަދަން ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ހުށަހެޅި މައްސަލައިގައި ވާގޮތުން އެ ސަރަހައްދަކީ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދަކަށް ވާތީ، މިހާރުވެސް އުދައެރުމުގެ މައްސަލަތައް ދިމާވަމުން ދާ ކަމަށެވެ. އަދި މަގު ހެދުމުން 25 ފޫޓުގެ ފުޅާ މިނުގެ ސަރަހައްދަކުން ރުއްގަސްތައް އުފުރުމުން މިހާރު އުދައަރާ މިންވަރު ބޮޑުވެ، ރާޅު އެރުމުގެ ސަބަބުން ރިހްލާގެއަށް ގެއްލުންވާނެ ކަމަށެވެ.

މީގެއިތުރުން، އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ނުވަތަ ނުލިބޭނެ ކަމުގެ އެސެސްމަންޓެއް ހަދާފައިވޭތޯ މައުލޫމާތު ސާފު ކުރުމަށް ކައުންސިލް އިދާރާ އަށާއި އީޕީއޭއަށް ހުށަހަޅާފައިވެއެވެ.

ކޯޓުން ހުކުމް ކޮށްފައިވަނީ މަގު ހެދުމަށް ހިމަނާފައިވާ ސަރަހައްދުގެ ތެރެއިން ރިހުލާ ގޯތި ހިމެނޭ ބުލޮކުގެ ހުޅަނގު ފަރާތުން ހެދުމަށް ނިންމާފައިވާ މަގު ހެދުމުގެ މަސައްކަތް ހުއްޓައިލުމަށެވެ. އަދި އެ ސަރަހައްދުގައި އެ މަސައްކަތް ފެށިއްޖެ ނަމަ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%