ރާއްޖޭގެ އެންމެ އުސް މޮނިއުމަންޓް، ވޮލީގެ ތާރީހެއް އޮންނަ ގެމަނަފުށީގައި!

އަައިޝަތު ޒީނާ | 71 ދުވަސް ކުރިން - 8 އޯގަސްޓް 2025 09:31
ގެމަނަފުށީގައި ހަދާފައިވާ ވޮލީ މޮނިއުމަންޓް.
ގެމަނަފުށީގައި ހަދާފައިވާ ވޮލީ މޮނިއުމަންޓް.
ޚުލާސާ

މި މޮނިއުމަންޓަކީ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި “ގެމަނަފުށީ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2025” ގެ މުބާރާތައް ހެދި މޮނިއުމެންޓެއް.

ރާއްޖޭގެ އެންމެ އުސް މޮނިއުމަންޓް، ވޮލީގެ ތާރީހެއް އޮންނަ ގއ. ގެމެނަފުށީގައި ހަދައިފިއެވެ.

މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ ވޮލީ ރަމްޒުކޮށްދޭ ގޮތަށް، ބޮޑު ވޮލީ ބޯޅައެއް މޮނިއުމަންޓުގެ މަތީގައި ބައިންދާފައެވެ.

މި މޮނިއުމަންޓަކީ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި “ގެމަނަފުށީ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2025” ގެ މުބާރާތައް ހެދި މޮނިއުމެންޓެކެވެ.

މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގެމަނަފުށްޓަކީ ފަންނުވެރިކަމާއި ކުޅިވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ރަށެއް ކަމެވެ. އަދި ހާއްސަކޮށް ގެމަނަފުއްޓަކީ ވޮލީގެ ތާރީހެއް އޮތް ރަށެއްކަމާއި، އެރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިންތަކެއް ނިސްބަތްވާ ރަށެއްކަން މި މޮނިއުމަންޓުން ރަމްޒުކޮށްދެއެވެ.

މި މޮނިއުމެންޓަކީ މިހާތަނަށް ރާއްޖޭގައި ހެދިފައިވާ އެންމެ އުސް މޮނިއުމެންޓެވެ. އެގޮތުން މި މޮނިއުމެންޓްގެ އުސްމިނުގައި 12މީޓަރު ހުރެއެވެ.

ގެމަނަފުށީގައި ހަދާފައިވާ ވޮލީ މޮނިއުމަންޓް.

ގެމަނަފުށީ ކައުންސިލުން ބުނީ މި މޮނިއުމަންޓަކީ ގެމަނަފުށީގެ ރައްޔިތުން ވޮލީއަށްދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ރަމްޒީ ބިނާއެއް ކަމަށެވެ. އަދި މި މޮނިއުމަންޓުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ގެމަނަފުށީ ކައުންސިލުން މި މޮނިއުމެންޓް ފަރުމާކޮށް ތައްޔާރުކުރުމަށް ހަވާލުކޮށްފައި ވަނީ ފެނަކައިގެ ގެމަނަފުށީ ބުރާންޗުގެ މެނޭޖަރުކަން ކުރައްވަމުން ގެންދަވާ އަހްމަދު މުޖްތަބާ (މުޖޭ) އާއެވެ.

މި މޮނިއުމަންޓުގެ މަސައްކަތް ނިންމާލާފައިވަނީ ހަފްތާއަކުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%