ދައުލަތުގެ އާމްދަނީ އިތުރުވެ، ގްރީން ޓެކްސް ދެގުނަ އަށް އަރައިފި

އުސްތާޛް މުޙައްމަދު ޢަލީ | 5 ގަޑިއިރު ކުރިން - 1 މޭ 2025 16:33
މީރާއަށް ބަޔަކު ޓެކްސް ދައްކަން ކިޔޫގައި. މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ ވަނީކުރީ އަހަރާއި އަޅަބަލާއިރު  އިތުރުވެފައި.
މީރާއަށް ބަޔަކު ޓެކްސް ދައްކަން ކިޔޫގައި. މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ ވަނީކުރީ އަހަރާއި އަޅަބަލާއިރު އިތުރުވެފައި.
ޚުލާސާ

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ވަނީ 1.9 ބިލިއަން ރުފިޔާއިން ފައިދާވެފަ.

ސަރުކާރުގެ މާލީ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ދައުލަތުގެ އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 24 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.9 އިންސައްތަ އިތުރުވެފައެވެ.

ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެގުނަ އަށް އިތުރުވެފައިވާކަމެވެ. މިއީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އާއި ޑިޕާޗަރ ޓެކްސްވެސް ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ވަނީ 1.9 ބިލިއަން ރުފިޔާއިން ފައިދާވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ކާމިޔާބީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%