ގިނަބަޔަކު އެދެމުންދާތީވެ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 1 މޭ 2025 09:25
މިނިސްޓަރ މުއްޠަލިބް: އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާވެސް ބަޔަކަށް ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުން ފުރުޞަތު ދިނުން ކަމަށް.
މިނިސްޓަރ މުއްޠަލިބް: އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާވެސް ބަޔަކަށް ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުން ފުރުޞަތު ދިނުން ކަމަށް.
ޚުލާސާ

ގިނަބަޔަކަށް ފުރުސަތު ލިބޭނޭ ގޮތަށް ވަގުތު އިތުރުކޮށްފައި ވަނީ އަންނަ މަހުގެ ނިޔަލަށް،

ގިނަބަޔަކު އެދެމުންދާތީވެ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 ގައި ފެށިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ، އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށް ވުމާއެކު، ގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވެއެވެ.

ހިޔާވަހި ފައިނޭންސިންގ އިފްތިތާހުކޮށްފައިވަނީ 5 ނޮވެންބަރު 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެފައިވަނީ މި ޕްރޮގްރާމާއެކު ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ 5 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތަށެވެ. އަދި ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން މުޅިން އަލަށް ގެއެއް އިމާރާތްކުރުމަށާއި، އިމާރާތްކުރަން ފަށާފައިވާ ގެއެއް ނިންމުމަށްވެސް ލޯނު ލިބޭނެއެވެ.

މި ސްކީމްގައި ހިމެނެނީ ތިން ކެޓަގަރީއެކެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރެވޭ 1 މިލިއަން ރުފިޔާގެ ހައުސިންގ ލޯނު، މާލެ ސަރަޙައްދަށް ދޫކުރެވޭ 6 މިލިއަން ރުފިޔާގެ ލޯނު، އަދި އަރބަން ސަރަޙައްދުތަކަށް ދޫކުރާ 3 މިލިއަން ރުފިޔާގެ ލޯނެވެ.

މި ފައިނޭންސިންގ ސްކީމްގެ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%