ތަހުޒީބޭ ބުނާ އެމެރިކާގެ ލޮސް އެންޖެލެސްގައި އުމުރުން 26 އަހަރުގެ އަންހެނަކު އޭނާގެ މަންމަ މަރާލައިފިއެވެ. އެ ސިޓީގެ ފުލުހުން ބުނާ ގޮތުގައި އެމިލީ ކާޓަރ ނަމަކަށް ކިޔާ އެ އަންހެނާ އޭނާގެ މަންމަ މަރައިލީ ވަޅިން ހަމަލާދީގެންނެވެ. މި ހާދިސާ ހިނގާފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ ހިނގި ޒުވާބަކާ ގުޅިގެންނެވެ.
މަސްތުވެގެން ތިބެ ހިނގާ މިފަދަ ހިތާމަވެރި މަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައެވެ.
ލޮސް އެންޖެލެސްގެ މައްސަލައިގައި އެމިލީ ކާޓަރ މިހާރު ވަނީ ބަންދުގައި ބަހައްޓާފައެވެ. އަދި އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރައިލި ކަމުގެ ދައުވާ އުފުލާފައިވާއިރު، ކޯޓު އަޑުއެހުން އޮންނާނީ މިއަންނަ ހަފުތާގައެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ މަސްތުވާތަކެތި ބޭނުންކުރުމަކީ އާއިލާގެ ތެރޭގައި މީހުން މެރުމުގެ މައްސަލަތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބުކަމަށް ބުނެ އިންޒާރުދީފައެވެ. ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 4,500 މީހުން މަރުވަނީ އާއިލާގެ މެންބަރުންގެ އަތުންނެވެ.. މީގެ ތެރެއިން 30 އިންސައްތަ މައްސަލަ ގުޅިފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ނަފްސާނީ ބަލިތަކާއެވެ.