ޔަހޫދީ ފައުޖުން ބައިރޫތަށް އަނެއްކާވެސް ޙަމަލާ ދީފި

ޖަވާދު | 2 ދުވަސް ކުރިން - 28 އޭޕްރިލް 2025 11:33
އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި ރޯވެ އަނދަނީ. މި ޙަމަލާތަކުގައި އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުން ލިބިފައިވޭ.
އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި ރޯވެ އަނދަނީ. މި ޙަމަލާތަކުގައި އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުން ލިބިފައިވޭ.
ޚުލާސާ

އެއްބަސްވުމާއި ހިލާފްވެ ޔަހޫދީން ބެއިރޫތުގެ ދެކުނުގައި އޮތް ޟާޙިޔާ އަވަށުގައި ހުރި އިމާރާތަކަށް ހަމަލާދީފި.

ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ، ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތަށް އަނެއްކާވެސް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާ އަމާޒުކޮށްފައިވަނީ ބައިރޫތުގެ ދެކުނުގައި އޮތް ޟާޙިޔާ އަވަށުގައި ހުރި އިމާރާތަކަށެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ޙަމަލާ ދިނުމަށް ތިން މިސައިލް ބޭނުންކޮށްފައިވެއެވެ. ނަމަވެސް މި ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމަކަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ މި ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއާއި ފަރަންސޭސިވިލާތަށް ގޮވާލައްވާފައިވެއެވެ.

ރައީސް ޢަވްން ވިދާޅުވީ ޔަހޫދީ ފައުޖުން ލުބްނާންގެ ސުލްޙައާއި ހަމަޖެހުން ނަގައިލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޖަރީމާތަކުން ސަރަޙައްދީ ސުލްޙައަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށާއި، ލުބްނާންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލަށް އަރައިގަނެފައިވާ ކަމަށެވެ.

މަންޒަރު ފެނުނު މީހުން ބުނާ ގޮތުގައި މި ޙަމަލާގައި ގިނަ އަދަދެއްގެ އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް މިއީ ޙިޒްބުﷲގެ އެއްވެސް ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ނޫން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ޔަހޫދީ ފައުޖުން ލުބްނާންގެ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދީފައިވާކަމެވެ. މި ޙަމަލާތަކުގައި 3,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ބުނެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%