Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސޮނެވާފުށީގެ މުވައްޒަފުން ގަވާއިދާ ހިލާފަށް ނެލިވަރު ފިނޮޅަށް އެރުމުން 400،000ރ. އިން ޖޫރިމަނާކޮށްފި

ސޮނެވާފުށީގެ މުވައްޒަފުން ގަވާއިދާ ހިލާފަށް ނެލިވަރު ފިނޮޅަށް އެރުމުން 400،000ރ. އިން ޖޫރިމަނާކޮށްފި

އަހްމަދު އީޒާން
446 ދުވަސް ކުރިން - 27 އޭޕްރިލް 2025 14:49
ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓު / ފޮޓޯ: ސޮނެވާ
ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓު / ފޮޓޯ: ސޮނެވާ
ޚުލާސާ

އީޕީއޭ އިން ބުނީ ސޮނެވާފުށީގެ މުވައްޒަފުންތަކެއް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޓޫރިސްޓުންނާ އެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފައިވޭ.

ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފުންތަކެއް ޓޫރިސްޓުންނާ އެކު، ބ. ނެލިވަރު ފިނޮޅު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގާފައި ވާތީ 448,375. ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. 

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޮނެވާފުށީގެ މުވައްޒަފުންތަކެއް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޓޫރިސްޓުންނާ އެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، އެ ސަރަޙައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީއަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ އެޖެންސީން އެއްކުރި މައުލޫމާތުންނާއި ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް އޮފީސްގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން އެ އެޖެންސީ އަށް ހިއްސާކޮށްފައިވާ ހާދިސާގެ ރިޕޯޓަށް ބަލައި، ފާހަގަކުރެވުނު ބައެއް ކަންކަން އީޕީއޭ އިން ވަނީ އެ ނޫސްބަޔާނުގައި ފާހަގަކޮށްފަ އެވެ. އެއީ؛

Advertisement

Advertisement 1
  1. ނެލިވަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމާއި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންގޮސްފި ނަމަ ގާނޫނީ ފިޔަވަޅު އެޅޭނެކަން ބަޔާންކޮށް ސޮނެވާފުއްޓަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ސިޓީއެއް އީޕީއޭ އިން ފޮނުވާފައިވޭ.
  2. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ޓޫރިސްޓުންނާ އެކު، ޖުމްލަ 10 މީހުން ނެލިވަރު ސަރަހައްދަށް، އެ ދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުން ވަދެފައިވޭ.
  3. ސޮނެވާފުށީގެ މުވައްޒަފުންތަކެއް ޓޫރިސްޓުންނާ އެކު، ނެލިވަރު ސަރަހައްދަށް ވަދެފައި ވަނީ ގަވާއިދާ ހިލާފަށް، ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތި.

އީޕީއޭއިން ބުނީ އެ މީހުން އެ ސަރަހައްދަށް ވަދެ، އެ ސަރަހައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި އެތަނުގެ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން އަމަލުކޮށްފައިވުމާ އަދި އަލިފާން ރޯކުރުމާއި އަލިފާން ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ނެލިވަރަށް ގޮސް، ސޮނެވާފުށީގެ މުވައްޒަފުން ޓޫރިސްޓުންނާ އެކު، އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގި އެންގުމާއި ހިލާފުވެ، އަދި އެ ފަރާތްތަކަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އެމީހުން އެ ސަރަހައްދުން ގޮސްފައި ވަނީ އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށް ފަހުގައި ކަމަށް އީޕީއޭ އިން ބުންޏެވެ.

އެހެންވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެ ރިސޯޓު 448,375ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭގެ އިއުލާނުގައި ބުންޏެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އީޕީއޭއަށް ދައްކަން ސޮނެވާފުށީ ރިސޯޓަށް ވަނީ އަންގައިފަ އެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީ (އީއާރުއޭ)
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

151 ދުވަސް ކުރިން - 10:17

މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިލަންދޫ ފަރަށް އެރި ޓަގު ބޯޓު ޖޫރިމަނާކޮށްފި

235 ދުވަސް ކުރިން - 15:02

އީޕީއޭގެ ބަދަލުގައި އުފެއްދި އީއާރުއޭއަށް ވެރިއަކު ހޯދަން އިއުލާންކޮށްފި

އީޕީއޭގެ ބަދަލުގައި އުފެއްދި އީއާރުއޭއަށް ވެރިއަކު ހޯދަނީ

334 ދުވަސް ކުރިން - 16:11

ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތުގައި ކަންކުރަންވީ ގޮތް ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފި

546 ދުވަސް ކުރިން - 11:15

މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެފައި ވާތީ އެކަން ނުކުރަން އީޕީއޭ އިން އަންގައިފި

މަޑިއަށް ކާން ނުދޭން އީޕީއޭ އިން އަންގައިފި

546 ދުވަސް ކުރިން - 10:57

އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފި

އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި

558 ދުވަސް ކުރިން - 10:34