މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 11 ދުވަސް ކުރިން - 24 ނޮވެންބަރު 2025 15:02
ށ. މިލަންދޫ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީއާރުއޭއަށް ދެއްކުމަށް އެ އޮތޯރިޓީން ވަނީ ބޯޓުގެ ވެރިފަރާތަށް އަންްގައިފަ--- ފޮތޓޯ: އިންޓަނެޓް
ށ. މިލަންދޫ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީއާރުއޭއަށް ދެއްކުމަށް އެ އޮތޯރިޓީން ވަނީ ބޯޓުގެ ވެރިފަރާތަށް އަންްގައިފަ--- ފޮތޓޯ: އިންޓަނެޓް
ޚުލާސާ

މި ޓަގު ބޯޓު ފަރަށް އަރާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު. ބޯޓު ފަރަށް އެރި ހިސާބަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

ނިމިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ށ. މިލަންދޫ ފަރަށް އުރުނު ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މިކަމާ ގުޅިގެން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރީކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ މި ޓަގު ބޯޓު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މިލަންދޫ ފަރަށް އުރިފައިވާ ކަމަށާއި، މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓް ކަމުގެ ދަށުން ކަމަށެވެ.

މި ބޯޓު ފަރުމަތިން ނަގައި، ފުންކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށާއި ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި، މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހު، މި ޓަގު ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ސާވޭޔަރުންނާއި އެކު އެ އުޅަނދު ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށް އީއާރުއޭއިން ވަނީ ބުނެފަ އެވެ.

އީއާރުއޭއިން ބުނެފައިވާ ގޮތުގައި، މި ޓަގު ބޯޓު ފަރަށް އުރުނު ސަރަހައްދުގެ 477 އަކަމީޓަރުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދު ހަލާކުވެފައިވާ ކަމަށް ސާވޭތަކުން ދައްކާ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ރާއްޖޭގެ ތިމާވެށީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، އެ ބޯޓު ވަނީ 12,006,200 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އީއާރުއޭ އިން އިތުރަށް ބުނީ، މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް، ބޯޓުގެ ވެރިފަރާތަށް މި މަހުގެ 19 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%