Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން އެއްމަސް ދުވަސްތެރޭ ހިއްކާ ނިންމާލައިފި

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން އެއްމަސް ދުވަސްތެރޭ ހިއްކާ ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު
70 ދުވަސް ކުރިން - 5 މެއި 2026 12:05
މިލަންދޫގައި ހިއްކާފައިވާ ސަރަހައްދު---
މިލަންދޫގައި ހިއްކާފައިވާ ސަރަހައްދު---
ޚުލާސާ

ހިއްކާފައިވަވނީ ޖުމްލަ 21 ހެކްޓަރުގެ ބިން. އެއާޕޯޓު މަޝްރޫއުގެ ޖުމްލަ ސަރަހައްދަކީ 25.90 ހެކްޓަރު.

ށ. މިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު، ރެކޯޑު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 3 އޭޕްރީލް 2026 ގައެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ނިންމާލާފައިވަނީ 4 މެއި 2026 ގެ ނިޔަލަށެވެ. އެއީ އެންމެ 31 ދުވަހުގެ ކުރު މުއްދަތެކެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން މިހާރު ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ. މި މަސައްކަތަށް ޖުމްލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެ އެވެ. މި ބޮޑު މަޝްރޫޢު ކުރު މުއްދަތެއްގައި ނިންމާލުމަށް ބޭނުންކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްއީން އޮފް ދަ ނެދަލޭންޑްސް" އެވެ. މި ޑްރެޖަރަކީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މިލަންދޫ އެއާޕޯޓު މަޝްރޫއުގެ ޖުމްލަ ސަރަހައްދަކީ 25.90 ހެކްޓަރެވެ. މީގެ ތެރޭގައި އަލަށް ހިއްކި 21 ހެކްޓަރުގެ އިތުރުން، ރަށުގެ މިހާރު އޮތް ބިމުން ގަސްތައް ނަގައި ސާފުކުރި 4.9 ހެކްޓަރުގެ ސަރަހައްދު ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށްގެންދާއިރު، މިއީ މިފަދަ ކުރު މުއްދަތެއްގައި ބޮޑު ބިމެއް ހިއްކާ ނިންމި ދެވަނަ މަޝްރޫއެވެ. މީގެ ކުރިން ތ. ގާދިއްފުށީގެ ބިން ވެސް ވަނީ އެންމެ 10 ދުވަސްތެރޭ ހިއްކައި، އެ ރަށް އޮތް ވަރަށްވުރެ ދެގުނަ ބޮޑުކޮށްފަ އެވެ.

މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިންނާއި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުށ. މިލަންދޫއެއާޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

22 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53