އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް މިއަދު އަރައިފި އެވެ.
އެ ބޯޓު އުރުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނިލަންދޫގެ ހުޅަނގު އުތުރު ފަރާތު ފަރު މައްޗަށެވެ. އެ ބޯޓުން މޫދަށް ތެޔޮ ފޭބި ކަމެއް އަދި ޔަގީން ނުވެ އެވެ.
އެ ބޯޓު ފުންކުރުމުގެ މަސައްކަތް ވެސް އަދި ނުފަށަ އެވެ.
ނަމަވެސް، މި ހާދިސާ މިހާރު ވަނީ މި ކަހަލަ މައްސަލަތައް ބަލާ އިދާރާ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ރިޕޯޓްކޮށްފަ އެވެ.
މި ހާދިސާ އާ ގުޅޭ ގޮތުން އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.