Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑިއާ-ޕާކިސްތާނުގެ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު ކުޅުމަށް އީރާނުން ހުށަހަޅައިފި

އިންޑިއާ-ޕާކިސްތާނުގެ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު ކުޅުމަށް އީރާނުން ހުށަހަޅައިފި

ޖަވާދު
405 ދުވަސް ކުރިން - 27 އޭޕްރިލް 2025 08:13
އިންޑިއާ-ޕާކިސްތާނުގެ މައްސަލަ ހައްލުކުރުމަށް އީރާނުން ހުށަހެޅީ ސަރަހައްދީ ހަމަޖެހުން ގާއިމް ކުރުމަށް.
އިންޑިއާ-ޕާކިސްތާނުގެ މައްސަލަ ހައްލުކުރުމަށް އީރާނުން ހުށަހެޅީ ސަރަހައްދީ ހަމަޖެހުން ގާއިމް ކުރުމަށް.
ޚުލާސާ

އީރާނުގެ ނަޒަރުގައި އިންޑިއާ-ޕާކިސްތާން މައްސަލަ ހައްލުކުރުން ލާޒިމް. މި ދެ ގައުމަކީ ވެސް ނިއުކްލިއަރ ހަތިޔާރު އޮތް ދެ ގައުމު.

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގުޅުން އަލުން ގޯސްވެ، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއްގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި، މި ދެ ގައުމުގެ ދެމެދުގައި ޖެބިފައިވާ މައްސަލަތައް ހައްލު ކުރުމަށް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އީރާނުން ހުށަހަޅައިފިއެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރު ސަރަހައްދުގައި މިދިޔަ ހަފްތާގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވުމާއި ގުޅިގެން، ދުނިޔޭގެ އެންމެ ނާޒުކު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގައި އޮތް ހަމަނުޖެހުން ވަނީ އިތުރަށް ގޯސްވެފައެވެ. މި ހަމަލާއަކީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި އާންމު ރައްޔިތުންނަށް އެ ސަރަހައްދުގައި ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އިންޑިއާގެ އިސްވެރިން ބުނެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހަމަލާ އަކީ ޕާކިސްތާނުގެ ރޭވުމެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ޕާކިސްތާނުން "ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް" އަށް އެހީތެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަމާ ގުޅިގެން އިންޑިއާއިން ވަނީ ޑިޕްލޮމެޓިކް އަދި ސެކިއުރިޓީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

Advertisement

Advertisement 1

ނަމަވެސް ޕާކިސްތާނުން ވަނީ މި ހަމަލާއާ އެމީހުންނާއި ގގުޅުމެއް ނެތް ކަމަށް ބުނެ، މި ހާދިސާ ސިޔާސީ ކޮށްގެން އުޅޭ ކަމަށް ބުނެ އިންށިއާ ކުށްވެރިކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން އިންޑަސް ވޯޓަރ ޓްރީޓީ އެއްބަސްވުން ހުއްޓާލުމަށް ނިންމި ނިންމުމާ ދެކޮޅު ހަދާފައިވެއެވެ. މި މުޢާހަދާއަކީ ދެ ގައުމުގެ ދެމެދުގައި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގެ ކަންކަން ބަލަހައްޓާ މުޢާހަދާއެކެވެ. ޕާކިސްތާނުގެ އިސްވެރިން މި ޢަމަލާމެދު ދެކެނީ "ހަނގުރާމައިގެ ޢަމަލެއް" ގެ ގޮތުގައެވެ.

މި ދެޤައުމުގައި ވެސް ނިއުކްލިއަރ ހަތިޔާރު އެބަހުއްޓެވެ.

އިންޑިއާއިން ވަނީ ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ހުރަސްކުރާ ސަރަހައްދު ބަންދުކޮށް، އިސްލާމާބާދުގައި ހުރި އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަނުގައި ތިބި ސިފައިން ވެސް އަނބުރާ ގެނެސްފައެވެ. މީގެ އިތުރުން، ދެ ގައުމުން ވެސް ވަނީ އަނެއް ގައުމުގެ ރައްޔިތުންނަށް ވީޒާ ދޫކުރުން ހުއްޓާލާފައެވެ. އަދި ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިންތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފައެވެ.

މި ސަބަބުތަކާހުރެ، އީރާނުން ވަނީ ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތް މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށް އީރާނުން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. އޭނާ ވިދާޅުވީ، އީރާނުން އިންޑިއާ އާއި ޕާކިސްތާނު ދެކެނީ ގާތް އަޚުވަންތަ އަވައްޓެރިން ކަމުގައެވެ. އެހެންކަމުން، އަވައްޓެރިންނާއެކު ރަނގަޅު ގުޅުމެއް އޮތުމާއި، ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.

އީރާނުގެ ނަޒަރުގައި، މި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ހިނގައިފިނަމަ، އެކަމުގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ހަމަޖެހުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެއީ މި ދެ ގައުމަކީ ވެސް ނިއުކްލިއަރ ހަތިޔާރު އޮތް ދެ ގައުމު ކަމަށްވާތީއެވެ.

އީރާންޕާކިސްތާންއިންޑިއާ-ޕާކިސްތާން
Ad
Ad

ގުޅޭ ޚަބަރުތައް

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

3 ގަޑިއިރު ކުރިން - 10:43

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

2 ދުވަސް ކުރިން - 21:26

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

2 ދުވަސް ކުރިން - 19:57

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

3 ދުވަސް ކުރިން - 11:38

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މައިމަރުކަޒަށް އީރާނުން ޙަމަލާ ދީފި

3 ދުވަސް ކުރިން - 08:29

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

ޗަކް ޝޫމަރ: އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން

4 ދުވަސް ކުރިން - 07:06

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%