Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ކޮންޓެއިނާތަކެއް ގޮވުން: 14 މަރު، 750 ޒަޚަމް! އަޑީގައި ކޮންބައެއް؟

އީރާނުގެ ކޮންޓެއިނާތަކެއް ގޮވުން: 14 މަރު، 750 ޒަޚަމް! އަޑީގައި ކޮންބައެއް؟

ޖަވާދު
505 ދުވަސް ކުރިން - 27 އޭޕްރިލް 2025 07:37
އީރާނުގެ ބަނދަރުގައި އިއްޔެ އެއްޗެއް ގޮވުން / ފޮޓޯ: ބީބީސީ
އީރާނުގެ ބަނދަރުގައި އިއްޔެ އެއްޗެއް ގޮވުން / ފޮޓޯ: ބީބީސީ
ޚުލާސާ

ގޮވައިގެން އުޅެނީ ދެއުޅަނދެއްގައި ޗައިނާއިން ގެނައި ސޯޑިއަމް ޕާކްލޮރޭޓް ކޮންޓެއިނާތަކެއް. މި ކޮންޓެއިނާ ޗައިނާއިން އީރާނަށް އައި މަގުމަތީގައި އެހެން ގައުމަކަށް ވަދެފައިވޭތޯ ދަނީ ބަލަމުން.

އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ކަމުގައިވާ ޝަހީދު ރަޖާއީ ބަނދަރުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުމެއްގައި މަދުވެގެން 14 މީހުން މަރުވެ، 750 މީހުންނަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ އިސްވެރިން މަޢުލޫމާތު ދީފިއެވެ.

ފާހަގަލޮށްލަން ޖެހޭ މުހިންމު ކަމަކީ މި ހާދިސާ ހިނގާފައި މިވަނީ އިސްރާއީލުގެ އިންޓެލިޖެންސުން އީރާނުގެ ހިޒްބުالله އަށް އަމާޒުކޮށް ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލިތާ އަހަރެއް ވީތަނާއެވެ. ސެޕްޓެމްބަރު 2024 ގައި ލުބުނާނާއި ސީރިއާގައި ޕޭޖަރުތައް ގޮއްވާލީ ހިޒްބުاللهގެ މުވާސަލާތީ ނެޓްވޯކަށް އަމާޒުކޮށްގެން މޮސާދާއި އައިޑީއެފް އިން ހިންގި ސިއްރު އޮޕަރޭޝަނެއްގައެވެ. ގޯލްޑް އެޕޯލޯ އާރް-924 ޕޭޖަރސްގެ ނަމުގައި އުފައްދާފައިވާ މި ޑިވައިސްތަކަކީ ހަންގޭރީގެ ބީއޭސީ ކޮންސަލްޓިންގެ ލައިސަންސްގެ ދަށުން އުފައްދާފައިވާ ޑިވައިސްތަކެކެވެ. ލުބުނާނަށް އެތަކެތި ދިޔައިރު އޭގެތެރެއަށް ވަނީ ގޮވާތަކެތި އަޅާފައެވެ.

Advertisement

Advertisement 1

އީރާނުގެ ބަނދަރުގައި އިއްޔެ ކޮންޓެއިނަރުތަކެއް ގޮވައި ހިނގި ހާދިސާގެ ތެރެއިން / ފޮޓޯ: ބީބީސީ

އިއްޔެ ގޮވުން ގޮވާފައި ވަނީ ބަންދަރު އައްބާސް ސިޓީ ކައިރީގައި އޮންނަ މި ބަނދަރުގައެވެ. މި ގޮވުމާއެކު ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކާއި ފުރާޅުތައް ހަލާކުވެ، ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ ހަލާކުވެފައެވެ. އަދި މި ގޮވުމުގެ އަސަރު 50 ކިލޯމީޓަރު ދުރުގައި ތިބި މީހުންނަށްވެސް އިހުސާސްކުރެވުނު ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

ގޮވައިގެން އުޅެނީ އީރާނުގެ މިސައިލް އުފެއްދުމަށް ބޭނުންވާ ސޯޑިއަމް ޕާކްލޮރޭޓް ކޮންޓެއިނާތަކެއްގަވެ. މިއީ ދެ އުޅަނދެއްގައި ޗައިނާއިން ގެނެސްފައިވާ ކޮންޓެއިނާތަކެއް ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ސަރުކާރުން މި މައްސަލަ ތަޙުޤީޤު ކުރަމުން ދާއިރު ކޮންޓެއިނާތައް އީރާނާއި ހަމަޔަށް އައުމުގެ ކުރިން އޭގައިވާ ތަކެތި ބަދަލުވެފައި ވޭތޯ، ނުވަތަ އެހެން ގައުމަކަށް އެ ކޮންޓެއިނާ ވަދެފައި ވޭތޯ މިހާރު ދަނީ ބަލަމުންނެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މި ހާދިސާ ހިނގީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބުރު ކުރިއަށްދަނިކޮށެވެ.

އީރާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

2 ދުވަސް ކުރިން - 22:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

4 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

4 ދުވަސް ކުރިން - 08:37

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

7 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

8 ދުވަސް ކުރިން - 20:35

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

11 ދުވަސް ކުރިން - 10:50