Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޙާއްޞަ ކޮމިޝަނެއް އުފައްދަވައިފި

ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޙާއްޞަ ކޮމިޝަނެއް އުފައްދަވައިފި

އައިޝަތު އީމާން
410 ދުވަސް ކުރިން - 27 އޭޕްރިލް 2025 02:23
އިތުރު ފަރުވާއަށް ހައްވާ ޔުމްނު ރަޝީދު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ވެލާނާ އެއާޕޯޓުގައި.
އިތުރު ފަރުވާއަށް ހައްވާ ޔުމްނު ރަޝީދު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ވެލާނާ އެއާޕޯޓުގައި.
ޚުލާސާ

މި ކޮމިޝަނުގެ މައިގަނޑު މަޤުސަދަކީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކުރުން.

ހ. ފެންޓޯނިޔާ އިމާރާތުން އަންހެނަކު ވެއްޓުމާ ގުޅިގެން އެ ހާދިސާ ތަހުޤީޤުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިރޭ އުފައްދަވައިފިއެވެ.

މި ކޮމިޝަން އެމަނިކުފާނު އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިފައިވަނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެދުނު 07:23 ހާއިރުއެވެ.

Advertisement

Advertisement 1

މި ކޮމިޝަނުގެ މައިގަނޑު މަޤުސަދަކީ އެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:

1. ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަނުގެ ރައީސް).

2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން.

3. ޑރ. މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ.

މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 11/2025 ބަޔާންކޮށްފައިވެއެވެ.

ޔުމްނު
Ad
Ad

ގުޅޭ ޚަބަރުތައް

ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމުން އުވާލައިފި

ޔުމްނު މައްސަލަ ތަހުގީގުކުރަން ހެދި ކޮމިޝަން އުވާލައިފި

332 ދުވަސް ކުރިން - 21:49

ޔުމްނު މައްސަލަ: ތަޙްޤީޤު އިތުރަށް ފުޅާ ކުރަނީ

ޔުމްނު މައްސަލަ: ތަޙްޤީޤު އިތުރަށް ފުޅާ ކުރަނީ

352 ދުވަސް ކުރިން - 11:13

ޔުމްނުގެހާދިސާ: ފުލުހުންގެ ފަރުވާކުޑަ ކުރުން ތަކުރާރުވިޔަ ނުދިނުމަށް ރައީސްގެ ހަރުކަށި އަމުރެއް

ޔުމްނުގެހާދިސާ: ފުލުހުންގެ ކަންކަން ރަނގަޅުކުރުމަށް ރައީސް އަމުރުކުރައްވައިފި

352 ދުވަސް ކުރިން - 11:00

ޔުމްނު މައްސަލަ: ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ޢާންމުކޮށްފި

ޔުމްނު މައްސަލަ: ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ޢާންމުކޮށްފި

359 ދުވަސް ކުރިން - 18:27

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ކޮމިޝަނުގެ ރިޕޯޓު ރައީސް އަށް ހުށަހަޅައިފި

ޔުމްނު މައްސަލަ: ކޮމިޝަނުގެ ރިޕޯޓު ރައީސްއަށް ހުށަހަޅައިފި

359 ދުވަސް ކުރިން - 12:48

ޔުމްނު މައްސަލައިގެ ރިޔާސީ ތަޙްޤީޤު ނިމި، 2 ހަފުތާ ތެރޭ ރިޕޯޓު ހަވާލުކުރަނީ

ޔުމްނު މައްސަލަ: މަސައްކަތްނިމި ދެހަފްތާތެރޭ ކޮމިޝަންގެރިޕޯޓް ހަވާލުކުރަނީ

375 ދުވަސް ކުރިން - 10:38

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%