އީރާނުގެ ބަނދަރެއް ކަމަށްވާ ޝަހީދު ޢައްބާސް ރަޖާޢީ ބަނދަރުގައި ބާރުގަދަ އެއްޗެއް ގޮވައި، ގަތަރު މީހަކު މަރުވެ 500 މީހުން ވަރަށް ބޮޑަށް ޒަހަމުވެއްޖެ ކަމަށް ބީ.ބީ.ސީން ބުނެފިއެވެ.
އީރާނުގެ ސަރުކާރުގެ މީޑިޔާއިން ހާމަކުރި ގޮތުގައި ރެސްކިއު އޮޕަރޭޝަނާއި، އަލިފާން ނިއްވުމާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ޒަހަމުވި ބައެއް މީހުން އަދިވެސް އިމާރާތްތަކުގެ ދަށުގައި އެބަތިބި ކަމަށާއި، މިގޮވުމުގެ ސަބަބުން އެސަރަހައްދުގެ އޮފީސްތަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އީރާނުގެ މީޑިޔާއިން ހާމަކުރި ފޮޓޯތަކުން އެނގެއެވެ.
މިގޮވުން ގޮވި ސަބަބު އަދި ސާފުވެފައި ނުވާކަމަށާއި ގޮވާފައިވަނީ އެބަދަރުގެ އެކޮނަމިކް ޒޯނުގައި ކަމަށް ވެއެވެ.
(ނޯޓް) އާޓިކަލް ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް









