މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައަށް ގާތްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިނިސްޓްރީގެ ޑެއިލީ ރިޕޯޓުން ދައްކާގޮތުގައި މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް 783,226 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތަރުތީބަކީ:
1. ޗައިނާ: 84,845 ފަތުރުވެރިން
2. އިނގިރޭސިވިލާތް: 84,191 ފަތުރުވެރިން
3. ރަޝިއާ: 80,075 ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ 8778 ފަތުރުވެރިންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.2 މިލިއަނަށް އިތުރުކުރުމެވެ.