މޭޑޭ - ފޮރުވިފައިވާ ބިރުވެރި ހަގީގަތް!

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 26 އޭޕްރިލް 2025 09:41
މުޒާހަރާގެތެރެއިން ފުލުހަކަށް އަނިޔާކުރަނީ: މޭޑޭގެ ނަ،މުގައި ކާފަރުންގެ އެޖެންޑާ ޕްރޮމޯޓްކުރުމަކީ ބިރުވެރި ނުރައްކަލެއްގެ ރަނގަބީލެއް! / ފޮޓޯ: ސަން
މުޒާހަރާގެތެރެއިން ފުލުހަކަށް އަނިޔާކުރަނީ: މޭޑޭގެ ނަ،މުގައި ކާފަރުންގެ އެޖެންޑާ ޕްރޮމޯޓްކުރުމަކީ ބިރުވެރި ނުރައްކަލެއްގެ ރަނގަބީލެއް! / ފޮޓޯ: ސަން
ޚުލާސާ

އިސްލާމްދީނާއި ދެކޮޅަށް، ބައިބައިވުމާއި ނަފްރަތު އުފެއްދުމަށް، މި ފިކުރު ފެށިގެން އައީ މުސްލިމުންނާއި ދެކޮޅަށް ހިންގި ހަރަކާތްތަކަށްފަހު 1889 ވަނަ އަހަރު.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް މާލެތެރޭގައި ފިތުނަތައް އިތުރުކޮށް ބައިބައިކޮށްލުމުގެ ގޮތުން ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފައެވެ. މި އެއްވުން ބޭއްވުމަށް އެމީހުން މަސައްކަތް ކުރަނީ މެއި 1 ވާ ހޯމަ ދުވަހުގެ ރޭގަނޑުގައެވެ.

މޭ ޑޭ ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފެށިގެން އައީ ސޯޝަލިޒަމް އާއި ކޮމިއުނިޒަމްގެ ތެރޭގައި ބިނާވެފައިވާ ލޭބަރ މޫވްމަންޓް ފާހަގަކުރުމުގެ ގޮތުންނެވެ. އިސްލާމީ ބައެއް އިލްމުވެރިން އެއީ ފިތުނަ (ނުބައިކަން ބޮޑު ހަރާމް ކަމެއް) ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އެކަމުގައި މުސްލިމުން ބައިވެރި ނުވުމަށް އިންޒާރު ދީފައި ވެއެވެ.

އިސްލާމްދީނާއި ދެކޮޅު، މި ދީނުގެ ޢަދާވާތްތެރިން ތެދުވެ، މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް، އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފަށް މި ފިކުރު ފެށިގެން އައީ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކަކަށްފަހު 1889 ގައެވެ. ބައިނަލްއަޤްވާމީ ގޮތުން މި ފިތުނަވެރިކަން ރަސްމީ ސިފައިގައި ފާހަގަކުރަން ފެށީ ފްރާންސްގެ ޕެރިސް އިން 1890ވަނަ އަހަރުގެ މެއި 1 ގައެވެ.

1889 ވަނަ އަހަރާއި 1890 ވަނަ އަހަރު ޕެރިހަކީ މުސްލިމުންނާއި ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރި ނުބައި ބިރުވެރި ޖަރީމާތައް ހިންގި ކިއްލާއެވެ. 1889 ވަނަ އަހަރަކީ ފްރާންސްގެ އެ ކަންކަމަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ދުނިޔޭގެ ފެއާއެއް ކަމަށްވާ އެކްސްޕޮޒިޝަން ޔުނިވާސަލް އެވެ. ހަނގުރާމައިން މުސްލިމުން ބަލި ނުކުރެވޭނެތީވެ، އިސްލާމީ ފިކުރު ބަލިކޮށްލުމުގެ ގޮތުން މުޅި ޔޫރަޕްގައި ސޯޝަލިސްޓް އަދި ލޭބަރ މޫވްމަންޓްތައް ވަރުގަދަ ކުރުމަށް ފްރާންސް އިސްވެ އޮވެ މަސައްކަތް ކުރިއެވެ. ސަބަބަކީ މުސްލިމުން އެކަތިގަނޑަކަށްވެ، އިސްލާމީ ޝަރީއާ ތަންފީޒުކުރަން ފަށައިފިނަމަ ޔޫރަޕަށް ޖެހޭނީ މުސްލިމުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާށެވެ. ޔޫރަޕުން ފައިސާ ހޯދަނީ މަސްތުވާ ތަކެއްޗާއި ރިބާ އާއި ހަށިވިއްކުމުގެ ވިޔަފާރީންނެވެ. ރާ ވިއްކައިގެން އެކަނި ދުވާލަކު 1.5 ބިލިއަން ޑޮލަރު ޔޫރަޕަށް ލިބޭ ކަމަށް އެންމެ ފަހުގެ ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކައެވެ.

އިސްލާމީ ޝަރީޢާ ތަންފީޒުކުރާނަމަ މުސްލިމު ގައުމުތަކުގައި ހަށިވިއްކާ މީހުންނަކަށް ނޫޅެވޭނެއެވެ. ރަލެއް އޫރުމަހެއް ނުވިއްކޭނެއެވެ. ބޭންކުން ރިބާގެ މުޢާމަލާތްތައް ނުކުރާނެއެވެ. ރިބާ ނުވަތަ ބޭންކް އިންޓްރެސްޓުން މަހެއްގެ މައްޗަށް އެމީހުންނަށް 700 ބިލިއަން އެމެރިކާ ޑޮލަރު ލިބެއެވެ. ނަމަވެސް، މުސްލިމުން އެކަތިގަނޑަކަށް ވެއްޖެނަމަ މިކަމުގެ ސަބަބުން ދުވާލަކު އެތައް ބިލިއަން ޑޮލަރެއް ޔޫރަޕަށް ގެއްލިގެންދާނެއެވެ. އެހެންކަމުން ވަރަށް ހިމޭންކަމާއެކު މުސްލިމުން ބައިބައިކޮށްލުމަށްޓަކައި ޔޫރަޕުން މަސައްކަތް ފެށީ އެމީހުން އެކަތިގަނޑަކަށްވެ، އެހެންނަމަވެސް މުސްލިމުންގެ ތެރޭގައި ބައިބައިވުންތައް އުފައްދާށެވެ. ހުރިހާ ދިމާލެއްގައެވެ.

އެގޮތުން 1889 ގައި ޕެރިހުގައި އެކި ޤައުމުތަކުގެ ސޯޝަލިސްޓް ޖަމާޢަތްތަކުން ބޮޑު ހަރަކާތެއް އުފެއްދިއެވެ، އޭގެ ބޮޑު އެއް ނަތީޖާއަކީ 1890 ވަނަ އަހަރުން ފެށިގެން މެއި 1 ގައި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް އިޢުލާން ކުރުމެވެ. ނަމަވެސް ފްރާންސްގެ ޚާއްސަކޮށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތަކުގައި އެދުވަސްވަރު މިއަށް އަމަލު ނުކުރިއެވެ. ނަމަވެސް ފުރާންސުގެ ބާރުތަކުން ވަނީ މި ފިކުރު ކުރިއެރުވުމަށް ދުރާލާ ރޭވުންތަކެއް ރާވާފައެވެ. މިކަމުގެތެރޭގައި 19 ވަނަ ގަރުނުގެ ކުރީކޮޅު އަލްޖީރިއާއަށް ވަދެ 1 މިލިއަނެއްހާ މީހުން ގެއްލުވާލާފައި ނުވަތަ މަރާލާފައި ވެއެވެ.

މަސައްކަތްތެރިންގެ ހައްގުގައޭ ބުނެ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ފިތުނަ އުފެއްދުން ރީތި ކަމަކަށް ހަދައިގެން އެކަން ޕްރޮމޯޓް ކުރުމަކީ އިސްލާމީ ގައުމުތަކުގައި ހުއްދަ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ ގާނޫނަށް ބަދަލު ގެނެސް އެ ހުރިހާ ސަކަރާތެއް ޖެހީ ހަމަ ހަގީގަތުގައި ވެސް ހުޅަނގުގެ ކާފަރުންގެ ނުބައި އެޖެންޑާއިންނެވެ. މިއީ މުސްލިމުން ވިސްނަންވީ ކަމެކެވެ. މަރު އަންނާނެ ވަގުތެއް ނޭނގޭނެއެވެ. މި ލާދީނީ ފިކުރުތަކާހެދި މިއަދު ގިނަ ދިވެހިން މިވަނީ މަގު އޮޅިފައެވެ. ގުރުއާން ޚަތިމުން އެންމެ ފޮތެއް ވެސް ހަފްތާއެއް ނިމިގެންދާއިރު އަދި ކިޔެއްތަ މަސްދުވަސް ނިމިގެންދާއިރު ވެސް ކިޔަވާލިން ތޯ ނަފްސާއި ސުވާލު ކޮށްލަބަލާށެވެ! ޔަގީނުންވެސް ގިނަ މީހުންނަކަށް ނުކިޔެވެއެވެ. އަސްލު ސަބަބަކީ މިދެންނެވި ނުބައި ފިކުރުތަކުގެ ނަތީޖާ އެވެ.

މޭޑޭގެ ނަމުގައޭ ބުނެ މުރުތައްދުވެފައިވާ ބައެއްގެ ޢަމަލުތައް ޕްރޮމޯޓް ކުރުމަށް މުސްލިމުންމިފަހަރު މި ނުކުންނަނީ ހޯމަ ދުވަހާއި ދިމާކޮށެވެ. ހޯމަ ދުވަހަކީ އިސްލާމް ދީނުގައި ހާއްސަ ދުވަހެކެވެ.

ހޯމަ ދުވަހަކީ އިސްލާމްދީނުގައި ޚާއްޞަ ދުވަހަކަށްވަނީ އެތައް ސަބަބަކާ ހުރެއެވެ:

1. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައެވެ.

ޙަދީޘް: “އެއީ ތިމަންކަލޭގެފާނު އުފަންވި ދުވަހެވެ. އަދި [ރަސޫލަކު ކަމުގައި] ފޮނުއްވި ދުވަހެވެ...”

(ޞަޙީޙް މުސްލިމް 1162)


2. ވަޙީ ފެށުނީ ހޯމަ ދުވަހު: ﷲގެ އަމުރުފުޅަށް ޖިބްރީލް ޢަލައިހިއްސަލާމް ޤުރުއާނުގެ ފުރަތަމަ ވަޙީ އާއިގެން ރަސޫލާގެ އަރިހަށް ވަޑައިގެންނެވީ ހޯމަ ދުވަހެއްގައެވެ.


3. ހޯމަދުވަހު އިންސާނުންގެ އަމަލުތައް އުޑަށް އުފުއްލަވާ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވީ ހޯމަ އަދި ބުރާސްފަތި ދުވަހު އިންސާނުންގެ ޢަމަލުތައް އުޑަށް (اللهގެ ޙަޟްރަތަށް) އުފުއްލަވާ ކަމަށެވެ.

(ތިރްމީދީ 747)

ވީއިރު، މިފަދަ މާތް ދުވަހު ވެސް، އަޅުގަނޑުމެން އުޅެންވީ ދުލުން ހެޔޮ އެއްޗެހި ކިޔައި ޛިކުރުކުރުމުގެ ބަދަލުގައި ކޮންމެވެސް އެހެން މުނާފިޤް ކަމަކާތޯއެވެ.

އަހަރެމެން ކިޔާ ހުރިހާ އެއްޗެއް ވަގުތުން ވަގުތަށް މަލާއިކަތުން ނޯޓް ކުރައްވައެވެ. ފިތުނަތަކުގައި ޖެހި އުންމަތް ފަސާދަވާއިރު ވެސް ތިޔަ ތިބެނީ ޣާފިލްކަމުގެ ގަދަ ނިދީގައެވެ. މިއަދު ތައުބާ ނުވެ ތިޔަހެން އުޅެވިދާނެއެވެ. ވެރިންނާއި ދެކޮޅަށް ފިތުނައިގައި ފިތި ބާރުވެގެން ތިޔަހެން އުޅޭއިރު މަރު މަތިން ހަނދާންވޭ ހެއްޔެވެ؟

ﷲ ސުބުޙާނަހޫ ބަތަޢާލާ އަމުރުކުރައްވަނީ، (ވެރިމީހާ ނުވަތަ ވަލިއްޔުލްއަމްރު) ތިޔަބައިމީހުންނަށް މުންކަރާތަކަށް ގޮވައިނުލާހާ ހިނދަކު އޭނާއަށް ކިޔަމަންވުމަށެވެ.

ސޫރަތުއް ނިސާގެ 59 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! … ތިޔަބައިމީހުންގެ ތެރެއިން ކަންތައް ހަވާލުވެގެންވާ މީހުންނަށް (ވެރިންނަށް) ކިޔަމަންތެރިވާށެވެ!"

ރަސޫލު ޞައްލަﷲ ޢަލައިހި ވަަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނަށް ކިޔަމަންތެރިވެއްޖެ މީހާ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ، ހަމަކަށަވަރުން ﷲ އަށް އުރެދިއްޖެއެވެ. އަދި ވެރިމީހާއަށް ކިޔަމަންތެރިވެއްޖެ މީހާ، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއެވެ. އަދި ވެރިމީހާއަށް އުރެދިއްޖެ މީހާ، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އުރެދިއްޖެއެވެ." މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް މުސްލިމްއެވެ.

އަދި އެހެން ޞައްޙަ ޙަދީޘެއްގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަަސައްލަމަ އަހައްމިއްޔަތުކަން ދެއްވާފައިވަނީ، ވެރިމީހާއަށް ކިޔަމަންތެރިވުމަކީ ވާޖިބު ކަމެއްކަމަށެވެ. އެއީ އެކަމަށް ރުހުނަސް ނުރުހުނަސް މެއެވެ. އެހެންނަމަވެސް އެ އަމުރަކީ ފާފައެއް ކުރުމަށް ކުރާ އަމުރަކަށް ނުވާހާ ހިނދަކުއެވެ. ފާފައެއް ކުރުމަށް އަމުރުކޮށްފިނަމަ، އެ އަމުރަކަށް ކިޔަމަންތެރިވުމެއް ނެތެވެ. މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އަދި އިމާމް މުސްލިމްއެވެ.

ވީމާ އަދިވެސް ދާންވީ ކާފަރުން ބުނެގެން މޭޑޭ ނަމުގައި ހަޅޭއްލަވަން ހެއްޔެވެ؟ މިއީ ބިރުވެރި ނުރައްކާތެރި ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%