ރިޔާސީ އިންތިހާބަށް ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 3.6 މިލިޔަން ރުފިޔާ ދައްކަން އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 80 ދުވަސް ކުރިން - 30 ޖުލައި 2025 15:32
އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިޔާާ
އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިޔާާ
ޚުލާސާ

އައިލެންޑް އޭވިއޭޝަނަށް ޖުމުލަ -/5,629,861 ރުފިޔާ އެމްޑީޕީން ދައްކަންޖެހޭ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރި ދަތުރުތަކަށް، ގައުމީ އެއާލައިން (މޯލްޑިވިއަން) އަށް 3.6 މިލިޔަން ރުފިޔާ ދައްކަން އެޕާޓީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މޯލްޑިވިއަނަށް ޖުމުލަ 5.6 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މީގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން ވަނީ ދައްކާފަ އެވެ. އެހެންނަމަވެސް މޯލްޑިވިއަނަށް ބާކީ ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެމްޑީޕީން ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އެގްރިމެޓް ބާތިލުކޮށް އެ ފައިސާ ދައްކާ ހަލާސްކުރަން އެޕާޓީގެ މައްޗަށް ސިވިލް ކޯޓުން މިއަދު މިވަނީ ހުކުމްކޮށްފަ އެވެ.

5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ފައިސާދައްކާ ހަލާސްކުރާ ގޮތަށް ކުރިން އޮތްނަމަވެސް އެއްބަސްވުން އުވާލަން މިވަނީ ހުކުމްކޮށްފަ އެވެ. މޯލްޑިވިއަނުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދާ ގޮތަށްކަން ފާހަގަކޮށްލަންޖެހެ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވާގޮތުން:

  1. ސެޓަލްމަންޓް އެގުރިމަންޓްގައި ހިމެނޭ ތާވަލުގައިވާ ތާރީހަށް ފައިސާ ނުދެއްކިއްޖެ ނަމަ ވަގުތުން އެ އެއްބަސްވުން ބާތިލު ވާނެކަން
  2. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި، ފައިސާގެ ނުދެއްކި އޮތް 3.6 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރަން ޖެހޭނެކަން

މިކަމާއި ގުޅިގެން އެމްޑީޕީން ބުނަމުންދަނީ ބާކީ 3.6 މިލިއަން ރުފިޔާ ދެއްކުން ދަތިވެފައިވަނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%