Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފުރާޅުން ވެއްޓުނު ހާދިސާއާގުޅޭ އެކަކުވެސް ފުރައިގެނެއް ނުދޭ: ޕޮލިސް

ފުރާޅުން ވެއްޓުނު ހާދިސާއާގުޅޭ އެކަކުވެސް ފުރައިގެނެއް ނުދޭ: ޕޮލިސް

އުސްތާޛް މުޙައްމަދު ޢަލީ
448 ދުވަސް ކުރިން - 25 އޭޕްރިލް 2025 17:38
ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ފުރުން މަނާކޮށްފައިވާ މީހުންގެ ފޮޓޯތައް.
ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ފުރުން މަނާކޮށްފައިވާ މީހުންގެ ފޮޓޯތައް.
ޚުލާސާ

މިހާދިސާގައި ހިމެނޭ އެކަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ފުލުހުން ވަނީ އެކަން ދޮގުކޮށްފަ. ފުލުހުން ދަނީ ބަރާބަރަށް އެންމެން މޮނިޓާ ކުރަމުން.

މިދިޔަ ހުކުރުވިލޭރޭ ހ. މިތާޒްގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ މީހަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ހެންވޭރު ފެންޓެނޯއީ ގެއާ އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާ ކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ ހެނދުނު 7:30 ހާއިރުއެވެ. އެމްއެންޑީއެފްގެ އެހީއާއެކު 8 ޖަހާއިރު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

Advertisement

Advertisement 1

ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވެއްޓުނު ވަގުތު އެ އިމާރާތުގައި އޭނާއާއެކު އެހެން މީހަކު ހުރިއެވެ. އެއީ ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްއެވެ. ރައުދުއާއި ވެއްޓުނު އަންހެން މީހާ އެ ގޭގައި އުޅޭ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވެއެވެ. ރޭ 18:20 ހާއިރު ރައުދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވެއެވެ. އަދި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅުންހުރި އެންމެންގެ ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ރައުދު ހައްޔަރުކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.

އަދި މި މައްސަލައާއި ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ރާއްޖެއިން ބޭރަށް ފުރާފައި ނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

10 ގަޑިއިރު ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

1 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

3 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

3 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

5 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

5 ދުވަސް ކުރިން - 19:32