Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްއޭއެމްގެ ކޮންގްރެސްގައި ރާއްޖޭގެ 9 ޒޯނަށް ފުރުޞަތު ދިނުމަށް ގޮވާލައިފި

އެފްއޭއެމްގެ ކޮންގްރެސްގައި ރާއްޖޭގެ 9 ޒޯނަށް ފުރުޞަތު ދިނުމަށް ގޮވާލައިފި

އުސްތާޛް މުޙައްމަދު ޢަލީ
457 ދުވަސް ކުރިން - 24 އޭޕްރިލް 2025 14:35
އެފްއޭއެމް ހައުސް: އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވަނީ އިސްލާހް ހުށަހަޅަފައި.
އެފްއޭއެމް ހައުސް: އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވަނީ އިސްލާހް ހުށަހަޅަފައި.
ޚުލާސާ

އޭއެފްސީގެ ވެބްސައިޓުގައިވާ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ވެސް ރާއްޖޭގެ 9 ޒޯން ތަމްސީލްކުރަން ބުނެފައިވޭ.

.އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ރާއްޖޭގެ 9 ޒޯނަށް ފުރުޞަތު ދިނުމަށް ސޭވް އެފްއޭއެމުން ގޮވާލައިފިއެވެ. ސޭވް އެފްއޭއެމުން މިގޮތަށް ގޮވައިލީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހުގައެވެ.

ސޭވް އެފްއޭއެމްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި، އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލް ވިދާޅުވީ 2016 ގައި ފާސްކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ކޮންގްރެސްގައި 44 މަންދޫބުން ތަމްސީލުކުރަންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 2020 ގައި ދިވެހި ކޮޕީއަށް ގެނެވުނު ބަދަލާ ނުލައި، ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދެވެ.

ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔާ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ 2020 ގައި ފާސްކުރެވުނު ގަވާއިދުގެ އިނގިރޭސި ތަރުޖަމާ އޭއެފްސީގެ ވެބްސައިޓުގައި ފެންނަން ހުރި ނަމަވެސް، އެއީ އޭއެފްސީން ފާސްކޮށްފައިވާ އެއްޗެއްކަން ޔަޤީންނުވާ ކަމަށެވެ. އަދި އެ ތަރުޖަމާގައިވެސް ރާއްޖޭގެ 9 ޒޯނުގެ ތަމްސީލު އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އަންނަ މަހު ބާއްވަން ރާވާފައިވާ ކޮންގްރެސްގައި އަސާސީ ގަވާއިދު އިޞްލާޙުކުރުމަށް ހަމަޖެހިފައިވެއެވެ. މިކަމާ ގުޅިގެން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ އިޞްލާޙުތަކެއް ހުށަހަޅާފައެވެ. މި އިޞްލާޙުތަކުގައި ހިމެނެނީ ރާއްޖެ 4 ޒޯނުގެ ސަބް އެސޯސިއޭޝަންތަކަކަށް ބަހާލުމާއި، 2 އަހަރުތެރޭ އެ 4 ޒޯނުގެ މެދުގައި ލީގު ފޯމެޓެއް އެކުލަވާލުމެވެ.

މި މައްސަލައިގައި ސޭވް އެފްއޭއެމުން ގޮވާލާފައިވަނީ އަސާސީ ގަވާއިދާ އެއްގޮތަށް ކޮންގްރެސް ބޭއްވުމަށާއި، ރާއްޖޭގެ 9 ޒޯނުގެ ތަމްސީލު ކޮންގްރެސްގައި ހިމެނުމަށެވެ.

އެފްއޭއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

13 ދުވަސް ކުރިން - 19:15

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

53 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

142 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

145 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

146 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

176 ދުވަސް ކުރިން - 10:22