އިންޑިޔާގެ ދަށުގައިވާ ޖުއްމޫ ކަޝްމީރުގައި ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދަކަށް ދިން ހަމަލާއެއްގައި 24 މީހަކު މަރުވެ އެތައްބަޔަކު ޒަހަމުވެއްޖެ ކަމަށް އިންޑިޔާ ޚާރިޒިއްޔާ އާއި ހަވާލާދީ ބީ.ބީ.ސީ ގައި ބުނެފިއެވެ.
ޒަހަމުވި ބައެއް މީހުންގެ ހާލަތު ސީރިޔަސް ކަމަށްވެއެވެ. ހާދިސާ ހިނގިކަމަށް ވަނީ، ބޭރުގެ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ފަރުބަދަމަތީ ސަރަހެއް ކަމަށްވާ ޕެލްޤާމު އާއި ފަސްކިލޯ މީޓަރު ދުރުގައި ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ.
މިހާދިސާ އަށް ފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދާޚިލީ ވަޒީރު އަމިތު ޝާހު އެސަރަހައްދަށް ޒިޔާރައްކުރައްވާފައިވާ ކަމަށް އެވެ. އަދި މިވަގުތު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ސައޫދީ ޢަރަބިއްޔާ އަށް ކުރައްވަމުން ގެންދެވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު އިންޑިޔާއަށް ވަޑައިގެންފައިވާކަމަށް ވެސް ވެއެވެ.
އިއްޔެގެ މިހާދިސާ އެމެރިކާގެ ރައީސް ޓްރަމްޕް ކުށްވެރިކުރައްވާ އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި އިންޑިޔާ އާއެކު އެމެރިކާ އޮތްކަމަށް ބުނެފައިވެއެވެ.
ކަޝްމީރުގެ ޗީފް މިނިސްޓަރު ވިދާޅުވެފައިވަނީ މިއީ ޢާއްމުންނަށް އަމާޒުކޮށް މިހާ،ބޮޑު ހަމަލާއެއް ދިން ފުރަތަމަ ފަހަރުކަމަށެވެ. މިހާދިސާ އަށް ފަހު ބޮޑުވަޒީރު މޯދީ ވަނީ، ހަމަލާ ދިން މީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ.
(ނޯޓް: މި ޚަބަރު ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް)









