ސެނެގަލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ، ސައުދީ ޕްރޮފެޝަނަލް ލީގުގެ ތާރީޚުގައި އައު ރެކޯޑެއް ހަދައިފިއެވެ. މެންޑީ އަކީ މިހާރު ސައުދީ ލީގުގައި އެންމެ ގިނަ ކްލީން ޝީޓް ހޯދި ގޯލްކީޕަރެވެ. 2023 ވަނަ އަހަރު އަލް-އަހްލީއާ ގުޅުނު މެންޑީ ވަނީ މިހާތަނަށް 25 ކްލީން ޝީޓް ހޯދައި، ލީގުގެ އެންމެ އިތުބާރުހުރި ގޯލްކީޕަރުންގެ ތެރޭގައި ހިމެނިފައެވެ.
އަލް-އަހްލީގެ ކީޕަރު މެންޑީ: މިފަހަރު ސައުދީ ޕްރޯ ލީގުގައި އޭނާ ވަނީ އެންމެ ގިނަ ކްލީންޝީޓް ހޯދި ކީޕަރުގެ ރެކޯޑް ހަދާފަ..
ކުރީގެ ޗެލްސީ ގޯލްކީޕަރު މެންޑީ ވަނީ އަލް-އަހްލީގެ ގޯލު ދިފާއުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެންޑީ އަލް-އަހްލީއާ ގުޅުނު ފަހުން، އެ ޓީމަކީ އިދިކޮުޅު ޓީމު ތަކަށް ގޯލު ޖެހުމަށް އެންމެ އުނދަގޫ ޓީމުތަކުގެ ތެރެއިން ޓީމަކަށް ވެފައިވެއެވެ. މިކަމުގައި ކުރީގެ ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ހޯދި މެންޑީގެ ދައުރު ވަރަށް ބޮޑެވެ.