ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވޮލެޓުން ރާއްޖެއިން ބޭރަށް, އިންޓަނޭޝަނަލް ޓްރާންސްފާގެ ގޮތުގައި މިހާރު ދުވާލަކު 5000 ޑޮލަރު ފޮނުވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ނޫން ކަމަށާއި މިއީ ބީއެމްއެލްގެ ވޮލެޓުން ސީދާ އެހެން ވޮލެޓްތަކަށް ކުރާ އިންޓަނޭޝަނަލް ޓްރާންސްފާ ކަމަށެވެ. އަދި މި އަދަދު 5,000 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ ކުރިން އިންޓަނޭޝަނަލް ޓްރާންސްފާގެ ގޮތުގައި ދުވާލަކު ފޮނުވެނީ 3,000 ޑޮލަރެވެ.
މި އަދަދު ބޮޑު ކުރިއަސް، ޓީޓީ ހެދުމަށް ބީއެމްއެލްގެ ކަސްޓަމަރުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބީއެމްއެލުން ބުންޏެވެ.
ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވެރިފިކޭޝަން ނިންމުމަށް ފަހު ވަގުތުން އެކައުންޓްތަކަށް ޖަމާކޮށްދޭ ގޮތަށް ވެސް މި މަހު ވަނީ ނިންމައިފަ އެވެ.