ފުލުހުން އޭދަފުށީ ބަނދަރުގައި ސީސީޓީވީ ހަރުކުރަނީ

އަހްމަދު އީޒާން | 181 ދުވަސް ކުރިން - 21 އޭޕްރިލް 2025 13:59
އޭދަފުށީ ބަނދަރުގައި ސީސީޓީވީ ހަރުކުރުމަށް ކޭބަލް އެޅުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ޕޮލިސް
އޭދަފުށީ ބަނދަރުގައި ސީސީޓީވީ ހަރުކުރުމަށް ކޭބަލް އެޅުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ އެ ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެއް ކަމަށް.

ބ. އޭދަފުށީގެ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުން އިއްޔެ ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެ ރަށު ޕޮލިސް ސްޓޭޝަނުން ފަށާފައިވާ ކަމަށެވެ.

އެ ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލް ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން، މިހާރު ކުރަމުން އަންނަނީ އެ ރަށުގެ ބަނދަރު ސަރަހައްދުގައި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތްތައް ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%