Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށް އުފާވެރި ޚަބަރެއް: ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފި

ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށް އުފާވެރި ޚަބަރެއް: ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފި

އާނާ ފަހީމް
411 ދުވަސް ކުރިން - 21 އޭޕްރިލް 2025 09:43
ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞަ ތަނެއް ކަމުގައިވާ ޗައިލްޑް-ކެއާ ސްޕޭސް ހުޅުވުމުގެ ތެރެއިން/ ފޮޓޯ: ވުޒާރާ
ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞަ ތަނެއް ކަމުގައިވާ ޗައިލްޑް-ކެއާ ސްޕޭސް ހުޅުވުމުގެ ތެރެއިން/ ފޮޓޯ: ވުޒާރާ
ޚުލާސާ

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞަ ތަނެއް ކަމުގައިވާ ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފި.

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞަ ތަނެއް ކަމުގައިވާ ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފިއެވެ. މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަޒީރު އަދި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މިފަދަ ތަނެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްޞަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައްޔާއި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

މީގެ އިތުރުން، މި ތަނުގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށާއި، ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި މިއީ މަސައްކަތުގެ މާޙައުލާ މެދު މުވައްޒަފުން ޝައުގުވެރިކަމާއި ގާތްކަން އުފައްދައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ޗައިލްޑް-ކެއާ ސްޕޭސްއަކީ ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށާއި، އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ޤާއިމްކުރި ތަނެކެވެ. މިފަދަ ޖާގަތައް ޤާއިމްކުރުމަކީ، އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ މުޖުތަމަޢުގައި އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މުހައްމަދު ޝުއައިބު

410 ދުވަސް ކުރިން - 20:27

އަޅުގަނޑު ވެސްމީ ބައްޕަ އެއްއަޅުގަނޑު މިހާރު ވަޒީފާއެއްނުލިބި އުޅޭތާ 6 މަސްވާންމިއުޅެނީ އަޅުގަނޑު އެންމެފަހުން އުޅުނީ ހުޅުމާލެވެމްކޯގަ އެތަނުގަ 8 ވަރަކަށް އަހަރު މަޖޫބޫރު ހާލަތެއްގަ އެވަޒީފާ ދޫކޮށްލަން ޖެހުނު އިރުއަޅގަނޑު އުޅުނީ ގޭގެމަރާތައް =/62،000 ދިވެހިރުފިޔާ ގެ ލޯނެއްނަގައިގެން މިހާރު ވަޒީފާނެތުމާ ގުޅިގެން އަޅުގަނޑު މިހާރު މިވަނީ ވަރަށްދަތިހާލްގަ އުޅެންޖެހިފަ ސަރުކަާރު ގެވަރަށް ގިނަބޭފުޅުން ކައިރިޔަށް ގޮސްއެހީއެއްވެދޭ ތޯ މަސައްކަތް ކުރިން އެކަމަކުވެސް އަޅުގަނޑަށް މިކަމުގަ އެހީއެއްވާނެ މީހަކުނެތް މިހާރް އަޅުގަނޑު ކޯޓުން އިއްވާހުކުމާގުޅިގެން އެއްފަހަރާ އެދަދަދު ދައްކަން ޖެހިގެންދާހިނދު އަޅުގަޑަށް އެކަންނުކުރެވޭ ހާލަތުގަ ހުރިކަން ހިސްސާކޮށްލަން އަދިވެސް 1 ފަހަރު މިކަމުގަ އަޅުގަނޑަށް އެހީއެއް ވެދޭނެ ފަރާތެއް ވޭތޯ މަސައްކަތް ކުރަމުންދާކަން ހިސްސާކޮށްލަން ނިހާޔަތައް ޝުކުރިއްޔާ

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

113 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

269 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

271 ދުވަސް ކުރިން - 09:08

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހޯދައިދެނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު

276 ދުވަސް ކުރިން - 16:27

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

342 ދުވަސް ކުރިން - 00:12